ދުނިޔެ

ސައުދީ ކޯލިޝަނުން ޔަމަނުގެ ހުދައިދާއަށް ހަމަލާދޭން ފަށައިފި

ސައުދީ ކޯލިޝަނުން ހޫތީ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ޔަމަނުގެ ބަނދަރުމަތީ ރަށެއް ކަމުގައިވާ ހުދައިދާއަށް ހަމަލާދޭން ފަށައިފިއެވެ.

މިއަދުގެ ހެނދުނުގެ ވަގުތެއްގައި ސައުދީއާއި ޔޫއޭއީގެ ބޯޓުތަކުން ވައިގެ މަގުން ހުދައިދާއަށް ހަމަލާދޭން ފެށިއިރު ޔަމަން ސަރުކާރުގެ ލަޝްކަރުތަކުން ދަނީ އެއްގަމުން ހުދައިދާއަށް ހަމަލާ ދެމުންނެވެ.

ބައިނަލްއަޤްވާމީ މުޖުތަމައުން ބަލައިގެންފައިވަ ޔަމަނުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ހުދައިދާއަށް ހަމަލާދޭންފެށީ ހުދައިދާއަށް އަތްގަދަކޮށްގެންތިވި ހޫތީ ހަނގުރާމަވެރިން ސުލްހަވެރިކަމާއެކު އެރަށުން ފޭބުމަށް ކުރެވުނު މަޝްވަރާތައް ކޮޅެއްގައި ނުޖެހުމުގެ ސަބަބުންނެވެ.

ޔަމަނުގެ ރައްޔިތުންނަށް ބޭނުންވާ ކާނާއާއި ބޭހާއި ތެލާއި ގޭހުގެ ތިންބައިކުޅަ ދެބައަށްވުރެ ގިނަ އަދަދެއްގެ ތަކެތި ޔަމަނަށް އެތެރެކުރަނީ ހުދައިދާގެ ބަނދަރުންނެވެ.

ސައުދީ ކޯލިޝަނުން ހުދައިދާ ހިޞާރު ކޮށްފައި އޮންނަތާ މަސްތަކެއް ވެފައިވާއިރު އެރަށުގައި ދިރިއުޅޭ 250،000 މީހުންނަށް އިންސާނީ މުސީބާތެއް ކުރިމަތިވެދާނެ ކަމަގު އިންޒާރު މީގެކުރިން އ.ދ އިންވެސްވަނީ ދީފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ