ރާއްޖޭގެ ޚަބަރު މާލެއިން ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީކުރީ 3299 މީހުން

މާލެއިން ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީކުރީ 3299 މީހުން

މާލެއިން ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީކުރީ 3299 މީހުން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފިޠުރު ޒަކާތްބެހުމަށް ފަޤީރުންގެ ގޮތުގައި މާލޭ ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭ ގޮތަށް  ރަޖިސްޓްރީ ކޮށްފައިވަނީ 3299 މީހުން ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ހާމަކޮށްފިއެވެ.

އެމިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި މާލެއިން 3299 ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާއިރު ރަށްރަށުން ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީ 12995 މީހުންނެވެ. މިއާއެކު ފަޤިރުންގެ ގޮތުގައި މިއަހަރު ރަޖިސްޓްރީ ކުރި މީހުންގެ އަދަދަކީ 16294 އެވެ. މިއީ މިދޔަ އަހަރާއި އަޅާ ބަލާއިރު އިތުރު އަދަދެކެވެ. މިދިޔަ އަހަރު ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީ 16205 މީހުންނެވެ.

ޒަކާތުގެ ގޮތުގައި މާލެއިން ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު މާލޭގައި ކޮންމެ ފަޤީރަކަށް 1300 ރުފިޔާ ބެހުމަށްވަނީ ހަމަޖެހިފައެވެ.

ފަޤީރެއްގެ ގޮތުގައި ބަލަނީ ދުވާލެއްގެ މައްޗަށް 44 ރުފިޔާ ނުލިބޭ ނަމައެވެ.

 

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.