ރާއްޖޭގެ ޚަބަރު ޢީދު ނަމާދުގެ ބޮޑު ޖަމާއަތް މިފަހަރުވެސް އޮންނާނީ މައިދާނުގައި

ޢީދު ނަމާދުގެ ބޮޑު ޖަމާއަތް މިފަހަރުވެސް އޮންނާނީ މައިދާނުގައި

ޢީދު ނަމާދުގެ ބޮޑު ޖަމާއަތް މިފަހަރުވެސް އޮންނާނީ މައިދާނުގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

1439 ވަނަ އަހަރުގެ ފިޠުރު ޢީދުގެ ބޮޑު ޖަމާޢަތް މިފަހަރުވެސް އޮންނާނީ މައިދާނުގައި ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ބުނެފިއެވެ.

އެމިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި މާލޭގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރުން ކުރިއަށްދާނީ މާފަންނު ސްޓޭޑިއަމްގައެވެ. އަދި ވިލިމާލޭގައި ނަމާދުކުރުން އޮންނާނީ ވިލިމަލޭ ބޯޅަނދަޑުގައި ކަމަށާއި ހުޅުމާލޭގައި ޢީދު ނަމާދުގެ ބޮޑު ޖަމާއަތް އޮންނާނީ ހުޅުމާލޭ ސެންޓްރަލް ޕާކް ގައިކަމަށް މިނިސްޓްރީއިން ބުނެއެވެ.

މާލޭގެ އިތުރުން އަތޮޅު ތެރޭގެ ގިނަ ރަށްތަކެއްގައިވެސް މައިދާނުގައި އީދު ނަމާދު ކުރުމުގެ އިންތިޒާމްތައް އަންނަނީ ހަމަޖައްސަމުންވެ.

ޢީދު ނަމާދު މައިދާނުގައި ކުރުމުގެ ސުންނަތް ރާއްޖޭގައި އަލުން ދިރިގެން އައިސްފައިވަނީ 1431 ވަނަ އަހަރުގެ ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް ކުރެވުނު މަސައްކަތާއެކުގައެވެ. އެއިގެ ފަހުން ވިއްސާރަ ނޫންނަމަ މާލޭއާއި އަތޮޅު ތެރޭގެ ގިނަ ރަށްރަށުގައި ޢީދު ނަމާދު ކުރަމުން އަންނަނީ ހުސްބިމުގައެވެ.

ސުންނަތުން ސާބިތުވާ ގޮތުން ވާރޭވެހުން ފަދަ ކަމެއް ދިމާނުވާނަމަ ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމްވެސް ޢީދު ނަމާދު ކުރައްވާފައިވަނީ ހުސްބިމެއްގައި ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ.

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.