ތިމާގެ މަރު ފައިސާދީފައި ގަތްމިހާ

ތިމާގެ މަރު ފައިސާދީފައި ގަތްމިހާ
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް
ބިލާލް ބިން އަބީބުރްދާ ހުރީ ޙައްޖާޖު ބިން ޔޫސުފްގެ ޤައިދުގައެވެ. އެދުވަސްވަރު އޮންނަ ޤަވާއިދަކީ ޖަލުގައި ހުރި މީހަކު މަރުވެއްޖެނަމަ އެޚަބަރު ޙައްޖާޖަށް ދެވެއެވެ. ދެން ޙައްޖާޖުގެ އަމުރަށް މައްޔިތާގެ ހަށިގަނޑު ވާރިޘުންނާ ހަމައަށް ގެންގޮސްދެވެއެވެ.

ބިލާލް ބިން އަބީބުރްދާ ޖަލުން ފިލުމަށްޓަކައި ޙީލަތްތެރި ރޭވުމެއް ރޭވިއެވެ. އޭނާ ޖަލުބަލަހައްޓަން ހުރި މިހާއަށް ބުންޏެވެ. އަހަރެން، ކަލެއަށް ދިހަހާސް ދިރުހަމު (ރިޝްވަތުގެ ގޮތުގައި) ދޭނަމެވެ. ކަލޭގޮސް އަހަރެން މަރުވެއްޖެކަމަށް ޙައްޖާޖު ކައިރީގައި ބުނާށެވެ.

ކޮންމެއަކަސް ދެމީހުން މިގޮތަށް އެއްބަސްވުމަށްފަހު ޖަލުބަލަހައްޓާ މީހާ، މައްޔިތުންގެ ލިސްޓުގައި ބިލާލްގެ ނަން ހިމަނައިގެން ގޮސް ހައްޖާޖަށް ހުށައެޅިއެވެ. ޙައްޖާޖަށް އެލިސްޓުން ބިލާލްގެ ނަން ފެނުމުން ބުންޏެވެ. މިފަދަ މީހަކު ތިމަން ރަގަޅަށް ބަލައި ޗެކްކުރުމަށްފަހު ނޫނީ ދުލެއްނުކުރެވޭނެއެވެ. ގޮސް އޭނާގެ ހަށިގަނޑު ގެންނާށެވެ.

ޖަލުބަލަހައްޓާ މީހާ، ބިލާލްގެ ކައިރިއަށް އެނބުރިގޮސް ބުންނެވެ. ކަލޭ ވަޞިއްޔަތެއް ކުރަން ބޭނުންނަމަ އަވަހަށް ކުރާށެވެ.

ބިލާލް ސުވާލުކުރިއެވެ. ޚަބަރަކީ ކޮބައިހެއްޔެވެ؟

ޖަލުބަލަހައްޓާ މީހާ ޖަވާބުދިނެވެ. ކަލޭގެ ނަން މައްޔިތުންގެ ލިސްޓުގައި ހިމަނައިގެން ގޮސް ޙައްޖާޖުގެ އަތަށް ދިނުމުން އޭނާ ބުނީ މިހެން މިހެންނެވެ. އެހެންކަމުން ކަލޭ މައްޔިތެއްގެ ގޮތުގައި އޭނާގެ ކުރިމައްޗަށް ޙާޟިރުނުކޮފިނަމަ، އަހަރެން ހެދީ މަކަރެއްކަން ޙައްޖާޖަށް އެނގޭނެއެވެ. އަދި އެކަމުގެ އަދަބެއްގެ ގޮތުގައި އަހަރެން ޤަަތުލުކޮށްލާނެއެވެ. އެހެންކަމުން ކަލޭ މަރައިލުން ނޫން އެހެން ގޮތެއް އަހުރެންނަކަށް ނެތެވެ.

ބިލާލް އެހެން ނެހެދުމަށް އެދި ވަރަށް ރޮއި އާދޭސްކުރިއެވެ. ނަމަވެސް އެނޫންގޮތެއް ޖަލު ބަލަހައްޓާ މީހާއަކަށްވެސް ނެތެވެ. އެހެންކަމުން ، ބިލާލްގެ ކަރުގައި ހިފައި ނޭވާ ހާސްކޮށްލައިގެން އޭނާ މަރައިލިއެވެ. ދެން އެއަށްފަހު ޙައްޖާޖުގެ ކައިރިއަށް އޭނާގެ މަސްގަނޑު ގެންދިޔައެވެ. ޙައްޖާޖަށް ޤައިދީ މަރުވެފައިވާތަން ފެނުމުން މައްޔިތާ، އޭނާގެ ޢާއިލާ އާއި ޙަވާލުކުރިއެވެ. އެއަށްފަހު މީސްތަކުންގެ ދޫމަތީ މިބަސް ޢާންމުވިއެވެ. "ހަމަކަށަވަރުން ބިލާލް ބިން އަބީބުރްދާ، ދިހަހާސް ދިރުހަމަށް އޭނާގެ މަރު ގަތެވެ. އަދި އޭނާގެ މަކަރު އެނބުރި ރުޖޫޢަވީ އޭނާގެ މައްްޗަށެވެ."  (نوادر من التاريخ: 1/105 ، تأليف: صالح محمد الزمّام)

_________________________________________________-

މަޞްދަރު : ސުންހެރޭ ޙުރޫފް / ޢަބްދުލްމާލިކް މުޖާހިދް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.