ބޭނުންވާ ތަކެތި
5 ބިސް
150ގ. ހަކުރު
250ގ. ފުށް
175 ގ. ބަޓަރ
2 ސައިސަމްސާ ބޭކިންޕައުޑަރ
1 މަތިގަނޑު ވެނީލާ އެސެންސް
1 ޖޯޑު ކަދުރު ( ކޮށާފައި )
1 ޖޯޑު ކަދުރު ( މިކްސްޗަރުން ހިމުންކޮށްފައި )
ތައްޔާރުކުރާނެ ގޮތް
ފުރަތަމަ ފުށް، ބޭކިންޕައުޑަރ އެއްކޮށް ފުރާނާލާށެވެ. ދެން ބިހާއި ހަކުރު ރަނގަޅަށް ވިރެންދެން ގިރާފައި ބަޓަރވެސް އެއްކޮށްފައި އޮމާންވަނދެން ގިރަލާށެވެ. ދެން ފުށް، ބޭކިންޕައުޑަރ އެއްކޮށް ލާށެވެ. ރަނގަޅަށް އޮމާންވަންދެން ގިރުނީމާ ކަދުރު އަދި އެސެންސްވެސް އެއްކޮށްލާށެވެ. ރަނގަޅަށް ގިރުމުން ޓްރޭގައި ބަޓަރު ހާކާފައި ފުށްގަނޑު އަޅާފައި އަވަނުން ފިހެލާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...