ރާއްޖޭގެ ޚަބަރު އަލިގަދަ ތަރި ޖޫނިއަރގެ އެއްވަނަ އަލް ޙާފިޡް ނާދިހް އަބްދުލް ހަމީދަށް

އަލިގަދަ ތަރި ޖޫނިއަރގެ އެއްވަނަ އަލް ޙާފިޡް ނާދިހް އަބްދުލް ހަމީދަށް

އަލިގަދަ ތަރި ޖޫނިއަރގެ އެއްވަނަ އަލް ޙާފިޡް ނާދިހް އަބްދުލް ހަމީދަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޕަބްލިކް ސަރިވިސް މީޑިއާ (ޕީއެސްއެމް) އިން ކުރިއަށް ގެންދިޔަ ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޖޫނިއަރ ފުރަތަމަ މުބާރާތުގެ އެއްވަނަ އަލް ޙާފިޡް ނާދިހް އަބްދުލް ހަމީދު ހޯދައިފިއެވެ.

ރޭ ކުރިއަށްދިޔަ މުބާރާތުގެ ފައިނަލް ބުރުގައި ނާދިހްގެ އިތުރުން އިތުރު 4 ބައިވެރިޔަކު ވާދަކޮށްފައިވެއެވެ. އެގޮތުން ފައިނަލަށްފަހު މުބާރާތުގެ ދެވަނަ ހޯދާފައިވަނީ މުޙައްމަދު ސާޢީ މުބާރިކެވެ. ތިންވަނަ ހޯދާފައިވަނީ ޢަބްދުﷲ ޙަޔާން ޙަމީޒެވެ.

އެއްވަނަ ހޯދި ނާދިހްއަށް ޕީއެސްއެމުއިން ހުށަހެޅި 3 ލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި އަލިގަދަ ތަރި ޖޫނިއަރގެ ލަޤަބް އަދި އިނާމްތައް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒިޔާދުއެވެ.

ޢުމުރުން 8 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މިމުބާރާތުގެ އޮޑިޝަން ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ބާއްވާފައިވެއެވެ. އަދި އޮޑިޝަންތަކަށްފަހު މުބާރާތަށް ހިވުނީ 12 ބައިވެރިންނެވެ.

މިއީ ކީރިތި ޤުރުއާން ކިޔެވުމުގެ ހުނަރާއި، ޤުރާއާނާމެދު މުޖުތަމަޢުގައި އޮންނަ ޤަދަރު މަތިކޮށް، ޤުރުއާނާމެދު ކުޑަކުދިންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.