ރާއްޖޭގެ ޚަބަރު މާދަމާއިން ފެށިގެން ގޮވާމުން ފިޠުރު ޒަކާތް ބަލައިގަންނާނެ: އިސްލާމިކް އެފެއަރޒް

މާދަމާއިން ފެށިގެން ގޮވާމުން ފިޠުރު ޒަކާތް ބަލައިގަންނާނެ: އިސްލާމިކް އެފެއަރޒް

މާދަމާއިން ފެށިގެން ގޮވާމުން ފިޠުރު ޒަކާތް ބަލައިގަންނާނެ: އިސްލާމިކް އެފެއަރޒް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަހަރުގެ ފިޠުރު ޒަކާތް މާދަމާއިން ފެށިގެން ގޮވާމުން ބަލައިގަންނަމުން ދާނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ބުނެފިއެވެ.

މިކަމާއި ގުޅޭގޮތުން އެމިނިސްޓްރީއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ގޮވާމުގެ ބާވަތްތަކުން ޒަކާތްދައްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު 26 ރަމަޟާން 1439ހ. ވާ އާދިއްތަ ދުވަހުން ފެށިގެން 29 ރަމަޟާން 1439 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ޒަކާތުގެ ގޮތުގައި ދައްކަންޖެހެނީ އެބަޔަކު އަހަރުތެރޭގައި ޢާންމުކޮށް ކައި އުޅުނު ގޮވާމުގެ ބާވަތްތަކުން 2.4 ކިލޯއެވެ. މަދަމާއިން ފެށިގެން ގޮވާމުން ޒަކާތް ބަލައިގަންނަމުންދާނީ އަރަބިއްޔާ ސްކޫލްގައެވެ.

ޒަކާތް ބަލައިގަންނަމުންދާނެ ގަޑިތައް:

ހެނދުނު 10:30 އިން މެންދުރު 12:00 އަށް

މެންދުރު 13:00 އިން  ހަވީރު 14:30އަށް

ރޭގަނޑު 20:30 އިން 22:30 އަށް

ޒަކާތުގެ ގޮތުގައި ލިބޭ ގޮވާމުގެ ބާވަތްތައް ރަމަޟާންމަހުގެ 29 ވަނަ ދުވަހު ބެހުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެއެވެ. އެގޮތުން އެދުވަހުގެ ހެނދުނު 10:30 އިން ހަވީރު 5 ކަށް އަދި ރޭގަނޑު 9:00 އިން 10:30 އަށް ޒަކާތް ބެހުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް މިނިސްޓްރީއިން ބުނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.