ދުނިޔެ އިދްލިބްއަށް ދިން ވައިގެ ހަމަލާތަކުގައި 28 މަރު

އިދްލިބްއަށް ދިން ވައިގެ ހަމަލާތަކުގައި 28 މަރު

އިދްލިބްއަށް ދިން ވައިގެ ހަމަލާތަކުގައި 28 މަރު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބައްޝާރު އަސަދާއި އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮންނަ އިދްލިބްގެ ސަރަހައްދުތަކަށް ދިން ވައިގެ ހަމަލާތަކުގައި 28 މީހުން ނިޔާވެއްޖެއެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސްއާއި ހަވާލާދީ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި މިހަމަލާތައް ދީފައިވަނީ ރަޝީޔާގެ ހަނގުރާމަމަތީ ބޯޓުތަކުންނެވެ. އަދި މިހަމަލާތައް ދީފައިވަނީ އިދްލިބްގެ އުތުރުން އޮންނަ ޒަރްދާނާ ކިޔާ އަވަށަކަށެވެ.

ވެއްޓިފައިވާ އިމާރާތްތަކުގެ ތެރެއިން މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާއިރު އަދި މިހަމަލާތަކުގައި ޒަޚަމްވި 50 މީހެއްގެ ހާލު ބޮޑެވެފައިވާއިރު މިހަލާތަކުގައި މަރުވި މީހުންގެ އަދަދު އިތުރުވާނެކަމަށް އެފަރާތުން ބުނެއެވެ.

ބައްޝާރާއި އިދިކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލް އެންމެ ބޮޑަށް އޮންނަ އިދްލިބްގައި ސޫރިޔާގެ އެކި އަވަށްތަކުން ރެފިއުޖީންގެ ގޮތުގައި ހިޖުރަކުރި 2.5 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ.

ސޫރިޔާގެ ދަނޑުވެރިކަމުގެ މައި މަރުކަޒުގެ ގޮތުގައި ފާހަގަކުރެވިފައިވާ އިދްލިބްގެ އާބާދީއަކީ 2010 ވަނަ އަހަރުގެ ބޯހިމެނުން ދައްކާގޮތުން 165،000 އެވެ. މީގެ ތެރެއިން ބޮޑު ބައެއް ޙިއްސާކުރަނީ ސުންނީ މުސްލިމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.