ރާއްޖޭގެ ޚަބަރު މާލޭގައި ދިރިއުޅޭ ރިނބުދޫގެ ރައްޔިތުންނަށް ކައުންސިލުން ތަރާވީހެއް ބާއްވައިފި

މާލޭގައި ދިރިއުޅޭ ރިނބުދޫގެ ރައްޔިތުންނަށް ކައުންސިލުން ތަރާވީހެއް ބާއްވައިފި

މާލޭގައި ދިރިއުޅޭ ރިނބުދޫގެ ރައްޔިތުންނަށް ކައުންސިލުން ތަރާވީހެއް ބާއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދ ރިނބުދޫ ރަށު ކައުންސިލްގެ ފަރާތުން މާލޭގައި ދިރިއުޅޭ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ތަރާވީހެއް ބާއްވައިފިއެވެ.

ރޭ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި މިބައްދަލުވުމުގައި މާލޭގައި ދިރިއުޅޭ ރިނބުދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއިރު ޚާއްސަ މެހެމާނުންގެ ގޮތުގައި ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަލީ ޒަކީއާއި އެންޓި ޑްރަގް އެމްބެސެޑަރ މޫސާ ވަސީމްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ރިނބުދޫ ކައުންސިލްގެ ރައީސް ޙާތިމް އިބްރާހިމްވަނީ ވޭތުވެދިޔަ އަހަރު ރިނބުދޫ ކައުންސިލުން ހިންގާފައިވާ ހަރަކާތްތަކާއި ކުރިއަށް އޮތް އަހަރު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ މައުލޫމާތު ރަށުގެ ރައްޔިތުންނާއި ހިއްސާކޮށްފައެވެ.

އެގޮތުން ވޭތުވެދިޔަ އަހަރު ދުވަހުގެތެރޭގައި ރިނބުދޫ ކައުންސިލުންވަނީ ފައިދާހުރި ކާނާއަށް އަހުލުވެރިކުރުމުގެ ގޮތުން އީޓް ރައިޓް ރިނބުދޫ ނަމުގައި ކެމްޕެއިނެއް ފަށާފައެވެ. އަދި ބޮޑެތި މީހުންނަށް އަމާޒުކޮށްގެން މޫދު ކަސްރަތު ޕްރޮގްރާމަކާއި ފަސްޓް އެއިޑް ޕްރޮގްރާމެއްގެ އިތުރުން އިޓަލީ ބަސް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް އެއްމަސް ދުވަހުގެ މުއްދަތަށްވަނީ ހިންގާފައެވެ.

މިހާރު ރިނބުދޫގައި ކުރިއަށްދާ ޕްރޮޖެކްޓްތައް ކަމުގައިވާ ސަރުކާރާއި ވޯލްޑް ބޭންކު ގުޅިގެން ކުރިއަށްގެންދާ ކުނި ނައްތާލުމުގެ ޕްރޮޖެކްޓާއި ސްޕޯރޓްސް އެރީނާގެ މަސައްކަތް ގޮސްފައިވާ ހިސާބުވެސްވަނީ މިބައްދަލުވުމުގައި ރައްޔިތުންނާއި ހިއްސާކޮށްފައެވެ.

މީގެ އިތުރުން މިބައްދަލުވުމުގައިވަނީ ރިނބުދޫ ކައުންސިލްގެ މީޑިއާ ޕާޓްނަރަކަށް ދިއިސްލާމް ހަމަޖައްސާ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ރިނބުދޫ ކައުންސިލުން މިދިޔައަހަރުގެ ރަމަޟާންމަހުވެސްވަނީ މާލޭގައި ދިރިއުޅޭ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ތަރާވީހެއް ބާއްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.