ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮފިތަކުގައި މިއަހަރުގެ ދެވަނަ ސެމިސްޓަރގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެގޮތުން އެމަރުކަޒުގެ ގޮފިތަކުން ފެށުމަށް ހަމަޖެހިފައިވާ 4 ކޯހަކަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 21 ވާ ބުރާސްފަތި ދުވަހުގެ 13.30ގެ ނިޔަލަށްވަނީ ހުޅުވާލާފައެވެ. އެކޯސްތަކަކީ ޤިރާއަތު ސެޓްފިކެޓް 1،2،3 އަދި ޤާރީކަމުގެ އެޑްވާންސް ސެޓްފިކެޓް ކޯހެވެ.
މިކޯސްތަކަށް ކުރިމަތިލުމަށް އެދޭ ފޯމް އެމަަރުކަޒުގެ ގޮފިތަކުން ލިބެން ހުންނާނެކަމަށް އެފަރާތުން ބުނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...