ޒުވާން އަޞްހާބު ބޭކަލުންގެ ހަޔާތްޕުޅަށް އަލިއަޅުވާލާ މިރޯދަމަހު ހުޅުމާލޭގައި ކުރިއަށް ގެންދާ ދަރުސް ޕްރޮގްރާމްގައި މިއަދު ދަރުސް ދެއްވާނީ އައްޝައިޚް ހަސަން މޫސާ ފިކުރީއެވެ.
ހުޅުމާލޭ އަލް ހިޖްރައާއި ޖަމިއްޔަތުއް ސަލަފްއިން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި މިއަދު އަލިއަޅުވާލާނީ އަބްދުﷲ ބިން ޒުބައިރުގެ ހަޔާތްޕުޅަށް ކަމަށް ހިޖްރަގެ ފަރާތުން މައުލޫމާތު ދިން އޮފިޝަލަކު ބުންޏެވެ.
ހުޅުމާލޭ މަސްޖިދުލް އަލް ޘާނީ (ބޮޑު މިސްކިތް) ގައި ކުރިއަށްދާ މިދަރުސް ފެށުމަށް ހަމަޖެހިފައިވަނީ އަޞްރު ނަމާދަށް ފަހުގައެވެ. މިދަރުސް އަލް ހިޖްރަގެ ފޭސްބުކް ޕޭޖުން ލައިވް ކުރާގޮތަށްވަނީ ހަމަޖެހިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...