ސުފުރާ ޕޮޓޭޓޯ ޕައި

ޕޮޓޭޓޯ ޕައި

ޕޮޓޭޓޯ ޕައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 ބޭނުންވާ ތަކެތި

1 ދަޅުމަސް

3 އަލުވި ( ފްރެންޗް ފްރައިސް ގޮތަށް ކޮށައި ތެލުލާފައި)

1 ފިޔާ (ބޮޑު)

2 ލޮނުމެދު (ގާނާފައި)

2/1 އިންޗް އިނގުރު (ގާނާފައި)

ގިތެޔޮ މިރުސް

ހިކަނދިފަތް

1 2/1 ލުނބޯ

ލޮނު

2 ޓޮމާޓޯ ( ތުނިކޮށް ފޮތިކޮށްފައި)

6 ބިސް (ކުޑަ ލޮނުކޮޅެއްގެ ތެރޭގައި ގިރާފައި)

ތައްޔާރުކުރާނެގޮތް

ފިޔާ، ލޮނުމެދު، އިނގުރު، މިރުސް އަދި ހިކަނދިފަތް ކުޑަ ލޮނުކޮޅެއްލައިގެން މޮޑެލުމަށްފަހު ލުނބޯ ހުތްޖަހައިގެން މޮޑެލައި މަސް އަޅައިގެންވެސް މޮޑެލުމަށްފަހު ލޮނު ހެޔޮވަރު ކޮށްލާށެވެ.

ދެން، ތަވާ އުނދުންމަތީ އުދުމަށްފަހު ތެޔޮފޮދެއް އަޅައި، ތެޔޮފޮދު ހޫނުވުމުން އެކުލަވާފައި ހުރި ބިހުގެ އެއްބައި ތަވާއަށް އަޅާށެވެ. ދެން އުނދުން ނިއްވާލުމަށްފަހު، ތެލުލި އަލުވީގެ އެއްބައި ބިހުގެ މަތީގައި އެތުރުމަށްފަހު، އޭގެ މަތީގައި މޮޑުނު މަސްގަނޑު އަތުރައި މަސްގަނޑު މަތީގައި ޓޮމާޓޯ ފޮތިތައް އަތުރާލާށެވެ. އެއަށްފަހު، ޕައިގެ މަށްޗަށް ދެން ބާކީހުރި އަލުވި އަތުރައި އޭގެމައްޗަށް ދެން ބާކީހުރި ބިސް އަޅާލުމަށްފަހު މަޑު ގިނީގައި ޕައިގެ ދެފުއްވެސް ފިހެލާށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.