ރާއްޖޭގެ ޚަބަރު ޔޫތް ސިޓީ ޤުރުއާން މުބާރާތް ފަށައިފި

ޔޫތް ސިޓީ ޤުރުއާން މުބާރާތް ފަށައިފި

ޔޫތް ސިޓީ ޤުރުއާން މުބާރާތް ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހުޅުމާލޭގެ ސްކޫލްތަކަށް ހުޅުވާލައިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، (އެޗް.ޑީ.ސީ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޔޫތް ސިޓީ ޤުރުއާން މުބާރާތުގެ ކިޔެވުން ފަށައިފިއެވެ.

މިއަދު ފެށި މިމުބާރާތުގެ ކިޔެވުން މާދަމާގެ ނިޔަލަށް ކުރިއަށްދާއިރު މިމުބާރާތުގައި ހުޅުމާލޭގެ ޣާޒީ ސްކޫލާއި، ރެހެންދި ސްކޫލްގެ އިތުރުން ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލް ހިމެނޭގޮތަށް ޖުމްލަ 51 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ.

ބަލައިގެން ކިޔެވުމާއި ހިތުން ކިޔެވުމުގެ އިތުރުން ހާފިޒްކަމުގެ ބައި ހިމެނޭ ގޮތަށް ކުރިއަށްދާ މިމުބާރާތުގައި އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވުމުގެ އިތުރުން، ބަލައިގެން ކިޔެވުމުގެ ބަޔާއި، ހިތުން ކިޔެވުމުގެ ބައިން އެންމެ މޮޅު ސްކޫލާއި، މުޅި މުބާރާތުންވެސް އެންމެ މޮޅު ސްކޫލް ހޮވަން ހަމަޖެހިފައިވާ ކަމަށް އެޗްޑީސީއިން ބުނެއެވެ.

މިއީ ސްކޫލް ކުދިންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯތްބާއި އިޙްތިރާމް އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.