ޤިޔާމަތުގެ ވާހަކަތައް ބަޔާންކޮށްދިނުމަށް ޖަމިއްޔަތުއް ސަލަފްއިބް ކުރިއަށް ގެންދާ "އަޝްރާތު" ޕްރޮގްރާމްގައި މިއަދު ދަރުސް ދެއްވާނީ އައްޝައިޚް އަހުމަދު ސަމީރު ބިން އިބްރާހިމްއެވެ.
ރަމަޟާންމަހުގެ ހަވީރު އަޞްރު ނަމާދަށްފަހު ފުރުޤާން މިސްކިތުގައި ކުރިއަށްދާ މިޕްރޮގްރާމްގައި މިއަދު ޝައިޚް ސަމީރު ވާހަކަފުޅުދައްކަވާނީ ޤިޔާމަތުގެ ވާހަކަތަކުގެ ތެރެއިން ޤަތުލު އާއްމުވުމާއި ބަޚީލުކަމުގެ އިތުރުން ބިންހެލުމާއި ވާރޭވެހުން އިތުރުވުމާއި ގަސްފެޅުން މަދުވުމާއި ކުއްލި މަރުތައް ގިނަވުމުގެ މައްޗަށެވެ.
“އަޝްރާތު” ޕްރޮގްރާމްގައި އިއްޔެ ދަރުސްދެއްވާފައިވަނީ އައްޝައިޚް ހަސަން މޫސާ ފިކުރީއެވެ. ޝައިޚް ފިކްރީ ވާހަކަފުޅުދައްކަވާފަވަނީ ޚަސްފާއި ޤަޛްފާއި ސިފަ ބަދަލުކުރެއްވުމާއި ފާޙިޝް ކަންތައްތައް ފެތުރުމާއި ރަހިމުގެ ގުޅުން ކެނޑުމާއި އަދި އަވަށްޓެރިންނަށް އިހާނަތްތެރިވުން ފާޅުވުމުގެ މައްޗަށެވެ.
ރާއްޖޭގެ ގިނަ އަދަދެއްގެ ޝައިޚުން ދަރުސްދެއްވުމަށް ހަމަޖެހިފައިވާ މިސިލްސިލާގެ ދަރުސްތައް ޗެނަލް 13 އާއި ސަލަފްގެ ފޭސްބުކް ޕޭޖްގެ އިތުރުން ރޭޑިއޯ ސަލަފްއިން ލައިވް ކުރުމަށްވަނީ ހަމަޖެހިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...