މަސްހުނިމޮޑުމަށް ބޭނުންވާ ތަކެތި
1 ދަޅުމަސް
1 ކާށީގެ ހުނި (ކުޑަ)
1 ފިޔާ
2 ލޮނުމެދު
2/1 އިންޗް އިނގުރު (ގާނާފައިި)
1 ލުނބޯ
ހިކަނދިފަތް
ލޮނު
ގިތެޔޮ މިރުސް
ފުށްގަނޑު ހެދުމަށް ބޭނުންވާތަކެތި
2 ލާހި ފުށް
2/1 ޖޯޑު ތެޔޮ
ލޮނު
ފެން
ފިޔާ މީރުކުރުމަށް ބޭނުންވާތަކެތި
1 ފިޔާ
2 ލޮނުމެދު
ގިތެޔޮ މިރުސް
ހިކަނދިފަތް
ރާނބާފަތް
ލޮނު
3/2 ދިވެހި ހަވާދު (ހިމުންކޮށް މުގުރާފައި)
3/2 ޖޯޑު ކާށި ކިރު
ތައްޔާރުކުރާނެގޮތް
ފިޔާ، ލޮނުމެދު، އިނގުރު، މިރުސް އަދި ހިކަނދިފަތް ކުޑަ ލޮނުކޮޅެއްލައިގެން މޮޑެލުމަށްފަހު ލުނބޯ ހުތްޖަހައިގެން މޮޑެލައި މަސް އަޅައިގެންވެސް މޮޑެލާށެވެ. ދެން ހުނި އަޅައި ހުރިހާ ތަކެތި އެއްކޮށްލުމަށްފަހު ލޮނު ހެޔޮވަރު ކޮށްލާށެވެ.
އެއަށްފަހު ކުދި މަސްހުނި ގުޅަ ޖަހައި، މޮޑެފައިވާ ފުށްގަނޑުންވެސް ކުދި ގުޅަޖަހައި ފުށް ގުޅައިގެ ތެރެއަށް މަސްހުނިލައި ބިސް ހުންނަ ބައްޓަމަށް ގުޅަ ހަދާށެވެ. ދެން އުނދުން މައްޗަށް ފެންއެއްޗެއް އުދުމަށްފަހު ތެޔޮ ފޮދެއް އަދި ލޮނުކޮޅެއް ލައިގެން ފެންއެތި ކައްކައި އެ ކެކެން ފެށުމުން ބިސްތައް އަޅާލައި ކުޑަކޮށް ކައްކާލުމަށްފަހު ފެންއެތިން ބިސް ނަގައި ވަކިން ބަހައްޓާލާށެވެ.
ދެން، ފިޔާ، ލޮނުމެދު، ހިކަނދިފަތް، ރާނބާފަތް އަދި މިރުސް ކުޑަ ތެޔޮފޮދެއްގެތެރޭގައި ފްރައިކޮށްލާށެވެ. އެއަށްފަހު، ހަވާދުއަޅައިގެންވެސް ރަނގަޅަށް ފްރައިކޮށްލުމަށްފަހު ކާށީ ކިރުއަޅައިގެން ކައްކާލައި ލޮނު ލުމަށްފަހު ލޮނު ހެޔޮވަރު ކޮށްލާށެވެ. ދެން ކެއްކި ބިސްތައް އަޅާލުމަށްފަހު ހުރިހާތަކެތި އެކުލަވާލައި މަޑު ގިނީގައި ކައްކާލާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...