ކޮންމެ ރަމަޟާންމަހަކަށް ޙާއްސަކޮށްގެން ހުޅުމާލެ އަލް ހިޖްރަގެ ފަރާތުން ކުރިއަށް ގެންދާ "ސެޓް ޔުއަރ ގޯލް" ގެ އިވެންޓެއް މާދަމާ އޮންނާނެއެވެ.
މިއަހަރުގެ ރަމަޟާންމަހު ބާއްވާ "ސެޓް ޔުއަރ ގޯލް" ގެ އިވެންޓާއި ގުޅޭގޮތުން މައުލޫމާތު ދެއްވި ހިޖްރަގެ އޮފިޝަލަކު ވިދާޅުވީ މާދަމާގެ އިވެންޓް ކުރިއަށްދާނީ ހުޅުމާލޭ ވަގުތީ މިސްކިތް ހުންނަ ސަރަހައްދުގައި ކަމަށެވެ.
މިއިވެންޓްގެ ތެރެއިން ޝައިޚުންނާއި ދީނީ ސުވާލުކުރުމުގެ ފުރުޞަތު ލިބިގެންދާއިރު ދީނީ މައުލޫމާތު ލިބޭނެ ފޮތާއި ލީފްލެޓް ތަކެތި ހިލޭ ލިބެން ހުންނާނެ ކަމަށް އިވެންޓް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ. މީގެ އިތުރުން ސްމާރޓް ފޯން ގެންގުޅޭ ފަރާތްތަކުގެ ފޯނަށް އެކިއެކި ޤުރުޢާން ކިޔެވުންތައް އިންސްޓާލް ކޮށްދިނުމާއި ދަރުހާއި މަދަހަ އަޅައިދިނުން ކުރިއަށްދާނެ ކަމަށްވެސް ހިޖްރައިން ބުނެއެވެ.
މާދަމާގެ އިވެންޓްވެސް ފެށުމަށް ހަމަޖެހިފައިވަނީ އަޞްރު ނަމާދަށްފަހުއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...