ޔޫރަޕު ޓިއުނީޝިއާގައި 20 އަހަރުވަންދެން އިސްލާމީ ޖަމާޢަތްތައް މަނާކޮށްފައި އޮތުމަށްފަހު އަލުން ހުއްދަ ލިބިއްޖެ

ޓިއުނީޝިއާގައި 20 އަހަރުވަންދެން އިސްލާމީ ޖަމާޢަތްތައް މަނާކޮށްފައި އޮތުމަށްފަހު އަލުން ހުއްދަ ލިބިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިބްނު ނޫޙް

20 އަހަރު ވަންދެން އިސްލާމީ ޖަމާޢަތްތައް މަނާކޮށްފައި އޮތުމަށްފަހު ޓިއުނީޝިއާގައި އަލުން އިސްލާމީ ޖަމާޢަތްތައް ހެދުމުގެ ހުއްދަ ދީފިއެވެ. ޓިއުނީޝިއާގައި އިސްލާމީ ޖަމާޢަތްތައް މަނާކުރީ ކުރިން ވެރިކަންކުރި ޒައިނުލްޢާބިދީން ބިންއަލީއެވެ.

ބިންއަލީވަނީ ހުޅަނގުގެ ޤައުމުތައް ރުއްސުމަށްޓަކައި ކުރެވެންހުރި ހުރިހާކަމެއްކޮށްފައެވެ. އިސްލާމްދީނާއި ގުޅުންހުރި ވަރަށްގިނަ ކަންތައްތައްމަނާކޮށްފައިވެއެވެ. އެގޮތުން މިސްކިތްތަކުގައި ލައުޑްސްޕީކަރު ބޭނުންކޮށްގެން ބަންގިގޮވުންފަދަ އެތައްކަމެއް ހިމެނެއެވެ. އަދި އިސްލާމީ ތަޢުލީމަށް ހުރަސްއަޅައި މުސްލިމްއަންހެނުން ބުރުގާއެޅުމާ ދެކޮޅަށް އެތައްމަސައްކަތްތަކެއްކޮށްފައިވެއެވެ.

ނަތީޖާއެއްގެ ގޮތުން މީނާގެ ޚުދުމުހުތާރު ވެރިކަން ރައްޔިތުންނުކުމެ ވައްޓާލިއެވެ. ރައްޔިތުންގެ ފަރާތުން އަތުވެދާނެ ޙަމަލާއަކުން ސަލާމަތްވުމަށް ޤައުމުދޫކޮށްލަން މަޖުބޫރުވިއެވެ. އެގޮތުން މީނާއަށް ހިމާޔަތްލިބޭތޯ ހުޅަނގުގެ ޤައުމުތަކުގައި އާދޭސްކުރިއެވެ. ނަމަވެސް އެއްވެސްޤައުމަކުން މީނާއަކަށް ހިމާޔަތެއްނުދިނެވެ. އެންމެފަހުން މީނާއަށް ހިމާޔަތްދީފައިވަނީ ސައޫދީޢަރަބިއްޔާއިންނެވެ.

އިސްލާމްދީނާއިދެކޮޅު ޚިޔާލުގެންގުޅޭ ވެރިން މުސްލިމްޤައުމުތަކުގައިވެސް ވެރިކަން ކުރަމުންދެއެވެ. އެފަދަ ވެރިން މިކަންތައްތަކުން ޢިބްރަތްޙާޞިލްކުރުން ހުއްޓެވެ.

ޓެގް

ލާދީނީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.