ހުޅުމާލޭ އަލް ހިޖްރައާއި ޖަމިއްޔަތުއް ސަލަފް ގުޅިގެން ހުޅުމާލޭގައި ރޯދަމަހު ކުރިއަށް ގެންދާ "ޒުވާން ޞަހާބީން" ދަރުސް ސިލްސިލާ ޕްރޮގްރާމްގައި މިއަދު ދަރުސް ދެއްވާނީ އައްޝައިޚް ނިމާލް މުޙައްމަދުއެވެ.
އަލް ހިޖްރަގެ ފަރާތުން މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ މިއަދުގެ ދަރުސްގައި އަލިއަޅުވާލާނީ ޒުވާން ޞަހާބީންގެ ތެރެއިން "އަބްދުﷲ ބިން އުމަރު" ގެ ހަޔާތްޕުޅަށެވެ.
ހުޅުމާލޭ މަސްޖިދުލް އަލް ޠާނީ (ބޮޑު މިސްކިތް) ގައި ކުރިއަށްދާ މިދަރުސް ފެށުމަށް ހަމަޖެހިފައިވަނީ އަޞްރު ނަމާދަށް ފަހުގައެވެ. މިދަރުސް ހިޖްރަގެ ފޭސްބުކް ޕޭޖުން ލައިވް ކުރާ ގޮތަށްވަނީ ހަމަޖެހިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...