ރާއްޖޭގެ ޚަބަރު ޑރ މަޖީދު އަވަހާރަވެއްޖެ، ޖަނާޒާ މާދަމާ ލަންކާގައި ބާއްވަނީ

ޑރ މަޖީދު އަވަހާރަވެއްޖެ، ޖަނާޒާ މާދަމާ ލަންކާގައި ބާއްވަނީ

ޑރ މަޖީދު އަވަހާރަވެއްޖެ، ޖަނާޒާ މާދަމާ ލަންކާގައި ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް އެފެއަރޒް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ އެއް މުއައްސިސް ކަމުގައިވާ ޑރ އަބްދުލް މަޖީދު އަބްދުލް ބާރީ އަވަހާރަވެއްޖެއެވެ.

ޑރ. މަޖީދު އަވަހާރަވީ މިއަދު މެންދުރު ސްރީލަންކާގެ ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ. އައިސީޔޫގައި ޑރ މަޖީދުއަށް ފަރުވާދޭން ފަށާފައިވަނީ ބައްދަލުވުމަކަށް ލަންކާ އަށް ވަޑައިގެން އުޅުއްވަނިކޮށް، މިދިޔަ ހުކުރު ދުވަހު ސްޓްރޯކެއް ޖެހި ހާލު ދެރަވުމުގެ ސަބަބުންނެވެ.

ޑރ މަޖީދުގެ މައްޗަށްކުރެވޭ ކަށުނަމާދު މާދަމާ މެންދުރު ނަމާދަށްފަހު އޮންނާނެކަމަށް އާއިލާއިން ހާމަކޮށްފައިވެއެވެ. އެގޮތުން ޖަނާޒާ އޮންނާނީ ލަންކާގެ ޖާވައްތަ ޖުންމާ މިސްކިތުގަ އެވެ. އަދި މޫނު ދެއްކުން މާދަމާ ހެނދުނު 10:00 އިން ފެށިގެން މިސްކިތުގައި އޮންނާނެ ކަމަށް އާއިލާ އިން ބުނެއެވެ.

ޖަނާޒާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޑރ. މަޖީދުގެ އާއިލާ އިން އެދެ އެވެ.

ޑރ މަޖީދު ޑިގްރީއިން ފެށިގެން ޕީއެޗްޑީއާއި ހަމައަށް ތައުލީމް ހާޞިލްކުރައްވާފައިވަނީ މަދީނާ އިސްލާމިކް ޔުނިވަރސިޓީއިންނެވެ. އިސްލާމިކް އެފެއަރޒް މިނިސްޓަރުގެ އިތުރުން ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ފުރަތަމަ ރައީސްކަމާއި އިސްލާމީ ކަންތައްތަކާއި ބެހޭ އެންމެ މަތީ މަޖްލިސްގައިވެސް ޑރ މަޖީދުވަނީ މަސައްކަތް ކުރައްވާފައެވެ. މީގެ އިތުރުން ޑރ މަޖީދަކީ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ސީނިއަރ ލެކްޗަރަރ އެއްގެ މަޤާމް އަދާކުރައްވަމުން ދިޔަ ބޭފުޅެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.