ޔުނިވާރސަލް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއިން އިމާރާތްކުރި ޒިޔާރަތް މިސްކިތް ހުޅުވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ހިލާލީގޭގެ ފަހަތުގައި އިމާރާތް ކޮށްފައިވާ މިމިސްކިތް މިއަދު ހުކުުރު ނަމާދުގެ ކުރިން ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމެވެ. މިސްކިތް ހުޅުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ބައިވެރިވެ ވަޑައިގަތެވެ.
ކުރިން އެތަނުގައިހުރި ޒިޔާރަތް މިސްކިތް ތަޅާލުމަށްފަހު އަލަށް އިމާރާތްކުރި މިސްކިތަކީ 1200 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...