އައިލެންޑް އޭވިއޭޝަންގެ ފަރާތުން އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިކަމާއި ގުޅޭގޮތުން އެކުންފުނިން ބުނެފައިވަނީ މިފަހަރުގެ މުބާރާތުގައި ބައިވެރިވެވޭނީ 8 އަހަރުން ދަށުގެ ކުދިންނަށް ކަމަށާއި މުބާރާތުގެ ކިޔެވުން އޮންނާނީ ރޯދަމަަހަށް ފަހުގައި ކަމަށެވެ.
ދެގޮތްޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ހިތުން ކިޔެވުމުގެ ބައިގެ މުޤައްރަރަކީ އިންޝިޤާގް ސޫރަތުން ފެށިގެން ނާސި ސޫރަތާއި ހަމައަށެވެ. އަދި ބަލައިގެން ކިޔެވުމުގެ ބައިގެ މުޤައްރަރަކީ ފަޖްރް ސޫރަތުން ފެށިގެން ނާސި ސޫރަތާއި ހަމައަށެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އެކުންފުނީގެ ވެބްސައިޓުންނާއި އެކުންފުނީގެ ކޯޕަރޭޓް ހެޑް އޮފީސްގެ ރިސެޕްޝަނުން ލިބެން ހުންނާނެކަމަށް އެފަރާތުން މައުލޫމާތު ދެއެވެ. ފޯމް ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ ޖޫންމަހުގެ 07 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ.
މިމުބާރާތުގައި ބަލައިގެންނާއި އަދި ހިތުން ކިޔުމުގެ ގޮފިން އެއްވަނަ، ދެވަނަ. ތިންވަނަ ހޮވުމުގެ އިތުރުން ކޮންމެ ގޮތްޕަކުންވެސް އެންމެ މޮޅު 10 ދަރިވަރުން ހޮވުމަށް ހަމަޖެހިފައިވާކަމަށް އެފަރާތުން ހާމަކުރެއެވެ.
މިއީ އައިލެންޑް އޭވިއޭޝަނުން މިފަދަ މުބާރާތެއް ބާއްވާ ދެވަނަ ފަހަރެވެ.
މުބާރާތުގެ ޤަވައިދާއި ބައިވެރިވުމަށް އެދޭ ފޯމް ޑައުންލޯޑްކުރުމަށް
ކޮމެންޓް (0)
ލޯޑް ކުރަމުން...