ރާއްޖޭގެ ޚަބަރު ނޫރުލްމުބީން ޤުރުއާން މުބާރާތުގެ 1 ވަނަ ކުވެއިތުގެ އަބްދުﷲ ހައްޔާތުއަށް

ނޫރުލްމުބީން ޤުރުއާން މުބާރާތުގެ 1 ވަނަ ކުވެއިތުގެ އަބްދުﷲ ހައްޔާތުއަށް

ނޫރުލްމުބީން ޤުރުއާން މުބާރާތުގެ 1 ވަނަ ކުވެއިތުގެ އަބްދުﷲ ހައްޔާތުއަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަށް ރާއްޖޭގައި ފުރަތަމަ ފަހަަރަށް ބޭއްވި ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތުގެ އެއްވަނަ ކުވެއިތުން ވާދަކުރި އަބްދުﷲ ހައްޔާތު ހޯދައިފި އެވެ.

ރާއްޖެ ހިމެނޭގޮތަށް ޖުމްލަ 9 ޤައުމަކުން ކޮންމެ ޤައުމަކުން 1 ބައިވެރިޔަކު ވާދަކުރި މިމުބާރާތުގެ ތިން ވަނަ ލިބުނީ ރާއްޖެއިން ބައިވެރިވި އަޝްރަގު ނާޒިރަށެވެ.

އެއްވަނަ ހޯދި އަބްދުﷲ ހައްޔާތަށް އިނާމާއި ހަނދާނީ ފިލާ ދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ. އިނާމެއްގެ ގޮތުގައި އޭނާ އަށް ވަނީ 30،000 ޑޮލަރު ދީފަ އެވެ.

މުބާރާތުގެ ދެ ވަނަ ހޯދި ތުރުކީގެ ހާމިތު އަވްސަރަށް ސަރުކާރުން ވަނީ 15،000 ޑޮލަރުގެ އިނާމެއް ދީފަ އެވެ. އަދި ތިން ވަނަ ލިބުނު ރާއްޖޭގެ އަޝްރަގު ނާޒިރަށް 5000 ޑޮލަރުގެ އިނާމެއްވަނީ ދީފައެވެ.

މިމުބާރާތަށް އިންސާފުކޮށްފައިވަނީ ފަސް ބޭފުޅުންގެ ފަނޑިޔާރުންގެ ޕެނަލަކުންނެވެ. އެ ޕެނަލްގައި ހިމެނިވަޑައިގަންނަވަނީ މެލޭޝިޔާ އާއި ސޫދާނާއި ޕާކިސްތާނާއި ޔަމަން އަދި ރާއްޖޭ ބޭފުޅެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.