ބޭނުންވާ ތަކެތި
8 ހޮޓް ޑޯގް ބަން
1 މަސްދަޅު
1 ދަޅު ޓޮމާޓޯ ޕޭސްޓް
1 ބޮޑު ފިޔާ (ތުނިކޮށް ކޮށާފައި)
2 ލޮނުމެދު (ކުދިކޮށް ކޮށާފައި)
ހިކަނދިފަތް
ގިތެޔޮ މިރުސް
3 ސްލައިޒް ޗީޒް
4 ސޮސެޖް
4 ބިސް
ލޮނު
8 ފޮތި ކިޔުކަންބާރ އަދި ޓޮމާޓޯ ( ބޭނުންނަމަ)
ތައްޔާރުކުރާނެގޮތް
ފިޔާ، ލޮނުމެދު، މިރުސް އަދި ހިކަނދިފަތް ކުޑަ ތެޔޮފޮދެއްގެތެރޭގައި ފްރައިކޮށްލާށެވެ. ދެން ޓޮމާޓޯ ޕޭސްޓް އެޅުމަށްފަހު އެ ޓޮމާޓޯ ދަޅުގެ ފެން އަޅާލުމަށްފަހު ރަނގަޅަށް ކައްކާލާށެވެ. ދެން މަސްދަޅު އަޅާފައި ރަނގަޅަށް އެކުލަވާލާފައި ލޮނު އަޅައި ލޮނު ހެޔޮވަރު ކޮށްލާށެވެ. ދެން ސްލައިޒް ޗީޒް އެޅުމަށްފަހު އޭތި މަސްގަނޑާއި އެކުވަންދެން ހަލުވަމުން ކައްކާލާށެވެ.
ދެން ލޮނު ކޮޅެއްލައިގެން 4 ބިސް ސަމްސަލަކުން ރަނގަޅަށް އެެއްކޮށްލުމަށްފަހު 2 ބިސް ގަނޑު އަޅާށެވެ. އަދި ކޮންމެ ބިސްގަނޑެއް 4 ފަޅިއަށް ފަޅާލާށެވެ.
އެއަށްފަހު ސޮސެޖް ތެލުލުމަށްފަހު ކޮންމެ ސޮސެޖްއެއް ދެފަޅިއަށް ވާގޮަތަށް ދިގަށް ފަޅާލާށެވެ.
މިހުރިހާކަމެއް ނިމުމުން ހޮޓް ޑޯގް ބަން ތިންބަޔަށް ފަޅައިލުމަށްފަހު، އެއްބަޔަށް، ފުރަތަމަ ހެދި ޓޮމާޓޯ މަސްގަނޑުން އެތިކޮޅެއް އަޅާށެވެ. އަނެއްބަޔަށް ބިސްގަނޑުގެ 8 ފަޅިން އެއްފަޅި ލާށެވެ. ދެން އިން ބަޔަށް ސޮސެޖް ފަޅިއެއް ލާށެވެ. ދެން ބޭނުންފުޅުނަމަ އެތަނުން އެއްބަޔަށް ކިޔުކަންބަރ ފޮއްޗެއް އަނެއްބަޔަށް ޓޮމާޓޯ ފޮއްޗެއް ލާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...