ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމާއި ރައީސްކަމަށް ރައީސުލް ޖުމްހޫރިއްޔާ ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
މިމަޤާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވީ ގދ.ފަރެސްމާތޮޑާ، ރޭއަލިވާގެ އަޙްމަދު ޝިފާޢު އެވެ.
މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން އަޙްމަދު ޝިފާޢުއަށް ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ލިޔުން ޙަވާލު ކުރެއްވުމުގެ ކުރިން، ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޝުޖާޢު އުސްމާންގެ ކުރިފުޅުމަތީގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވައި، އަޙްމަދު ޝިފާޢު ކުރެއްވިއެވެ.
ޝިފާއު މީގެކުރިން ވަޒީފާ އަދާކުރައްވަމުން ގެންދެވީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...