ޔަމަނުގައި ކުރިއަށްދާ ހަމަނުޖެހުންތަކުގައި މިއަހަރު ފެށުނުފަހުން އެޤައުމުގެ ރައްޔިތުންނަށް އެންމެ ބޮޑެތި ގެއްލުންތަކެއްވީ ހުސްވި އޭޕްރީލް މަހުގައި ކަމަށް އ.ދ އިން ބުނެފިއެވެ.
އ.ދ އިން ބުނެފައިވާ ގޮތުގައި ހުސްވި އޭޕްރީލްމަހު އެކަނިވެސް ހަނގުރާމައިގެ ހަމަލާތަކުގައި އެޤައުމުގެ 236 އާއްމު ރައްޔިތުން މަރުވެފައިވާއިރު 238 އާއްމު ރައްޔިތުން ޒަޚަމްވެފައިވެއެވެ. މިއީ މާރޗްމަހާއި އަޅާބަލާއިރު ދެގަުނަ އިތުރު އަދަދެކެވެ.
އ،ދ އިން އިންސާނީ ހައްޤުަތަކަށް ކަނޑައަޅާފައިހުން ހައިކޮމިޝަނަރގެ ތަރުޖަމާނު ހުކުރުދުވަހު ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ މެއިމަހުގެ ފުރަތަމަ ހަފްތާގަވެސް ޔަމަނުގައި ދެވޭ ހަމަލާތަކުގައި 6 އާއްމު ރައްޔިތުން މަރުވެފައިވާއިރު 57 މީހަކުވަނީ ޒަޚަމްވެފައެވެ.
"ހަނގުރާމައިގައި އާއްމު މަރުވަމުންދާ ދިއުމަށް އަހަރުމެން ވަރަށް ކަންބޮޑުވަން. ހަނގުރާމައިގައި ޝާމިލްވާ ހުރިހާ ފަރާތްތަކަށްވެސް ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާއިބެހޭ ޤާނޫނަށް އިޚްތިރާމް ކުރުމަށް ގޮވާލަން" ތަރުޖަމާނު ބުންޏެވެ.
އ.ދ ގެ ހިސާބުތައް ދައްކާގިތުން 2015 ވަނަ އަހަރުގެ މާޗްމަހުން ފެށިގެން ޔަމަނުގައި ކުރިއަށްދާ ހަނގުރާމައިގައި މިހާތަނަށް 6385 އާއްމު ރައްޔިތުން މަރުވެފައިވާއިރު 10047 މީހުންވަނީ ޒަޚަމްވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...