އަލް އަޞްރާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮތްޕެއް ކަމުގައިވާ ސޮސައިޓީ އޮފް ޝަރީއާ އެންޑް ލޯއާއި ގުޅިގެން ކުރިއަށް ގެންދާ ނަމާދު ވޯރކްޝޮޕް މިއަދު ހަވީރު ފަށައިފިއެވެ.
ދިއިސްލާމަށް މައުލޫމާތު ދެއްވަމުން އަލްއަޞްރުގެ އޮފިޝަލަކު ވިދާޅުވީ މިއަދުފެށި މިވޯރކްޝޮޕްގައި 200 އަށްވުރެ ގިނަ ބައިވެރިން ބައިވެރިފައިވާ ކަމަށެވެ.
މިއަދު ހަވީރުގެ ސެޝަން ނަންގަވައިދެއްވީ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ޑީން އައްސައިޚް އަލީ ޒާޙިރު ބިން ސައީދު ޤާސިމްއެވެ. މީގެ އިތުރުން ދެން މިވޯރކްޝޮޕްގައި ސެޝަންތައް ނަންގަވައިދެއްވާނީ އައްޝައިޚް ނިމާލު މުޙައްމަދުއެވެ.
"ލޯ ތަކުގެ ފިނިކަން" ނަމުގައި ކުރިއަށްދާ މި ވޯރކްޝޮޕްގެ ސެޝަންތައް މާދަމާގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އަލް އަޞްރުގެ ފަރާތުން ބުނެއެވެ.
މިއީ ނަމާދުގެ މުހިއްމުކަމާއި ނަމާދުކުރާނެ ޞައްހަގޮތް ބަޔާންކޮށްދީ ނަމާދުން ލިބިދޭ ފައިދާތައް އުނގަންނައި ދިނުމަށް ސިލްސިލާކޮށް އެޖަމިއްޔާގެ ފަރާތުން ކުރިއަށްގެންދާ ވޯރކްޝޮޕެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...