ޕްރައިމަރީ ސްކޫލް ޓީަޗަރަކަށް ބުރުގާ އަޅައިގެން ސްކޫލަށް ކިޔަވައިދޭން ނުދެވޭނެ ކަމަށް ޖަރުމަންގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
ބަރލިންގެ ލޭބަރ ކޯޓަކުން ބުދަދުވަހު ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ބުރުގާ އަޅައިގެން ކިޔަވައިދޭން ނާދެވޭނެކަމަށް ސްކޫލްގެ އިދާރާއިން ނިންމާފައިވާ ނިންމުމަކީ ބާރލިންގެ ނިއުޓްރަލިޓީ ޤާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށާއި އެހެން ކަމުން އެކަން ބާތިލް ކުރެވެން ނެތް ކަމަށެވެ. މިޤާނޫނުގައި ބުނެފައިވަނީ ޓީޗަރުންނާއި ފުލުހުން ފަދަ ދައުލަތުގެ ވަޒީފާ އަދާކުރާ މުވައްޒަފުން މަސައްކަތަށް ހާޟިރުވާއިރު ދީނީ ޝިޢާރުތައް ރަމްޒުކޮށްދޭ ހެދުން ނުލެވޭނެ ކަމަށެވެ.
"ނިއުޓްރަލިޓީ ޤާނޫނު ޖަރުމަނުގެ ޤާނޫނު އަސާސީއާއި ޚިލާފެއް ނޫން" މިހުކުމާއި ގުޅޭގޮތުން ލޭބަރ ކޯޓުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ލޭބަރ ކޯޓުން މިހެން ނިންމާފައިވީ ނަމަވެސް ޖަރުމަންގެ ދުސްތޫރީ ކޯޓުން 2015 ވަނަ އަހަރުވަނީ ޓީޗަރުން ބުރުގާ އެޅުން މަނާކުރުމަށް ނިންމާފައިވާ ނިންމުން ބާތިލްކޮށްފައެވެ. އަދި ބުނެފައިވަނީ ބުރުގާ އެޅުން މަނާކުރެވެނީ ސްކޫޅްގެ މާހައުލަށް އެކަމުގެ ސަބަބުން ބިިިިިިރުވެރިކަން އަންނާނެ ފަދަ ހާލަތެއްގައި އެކަނި ކަމަށެވެ.
ފާހަގަކޮށްލަންޖެހޭ ކަމަކީ މުސްލިމުންގެ ހައްޤުތައް އޮބި އަޅާ ހިފަހައްޓާފަ މިފަދަ ޤައުމުތަކުން ނުދެވިގެން އުޅެނީ ވަކި ބައެއްގެ ހައްޤުތަކެވެ. އެގޮތުން މިދިޔަ އަހަރުގެ ޖޫންމަހު ޖަރުމަނުގެ ޤާނޫނު ހަދާ މަޖްލިސްއިންވަނީ މުޑުދާރު ކަމެއް ކަމުގައިވާ އެއްޖިންސުން ކައިވެނިކުރާ މީހުންނަށް ކައިވެނިކޮށްގެން އުޅޭ މީހުންނަށް ލިބިދޭ ހުރިހާ ހައްޤުތަކެއް ލިބިދިނުމަށް ފާސްކޮށްފައެވެ.

















ޚިޔާލު