ދުނިޔެ ދެކުނު އެފްރިކާގެ މިސްކިތަކަށް ދިން ހަމަލާއެއްގައި އިމާމުގެ ކަރު ބުރިކޮށްލައިފި

ދެކުނު އެފްރިކާގެ މިސްކިތަކަށް ދިން ހަމަލާއެއްގައި އިމާމުގެ ކަރު ބުރިކޮށްލައިފި

ދެކުނު އެފްރިކާގެ މިސްކިތަކަށް ދިން ހަމަލާއެއްގައި އިމާމުގެ ކަރު ބުރިކޮށްލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދެކުނު އެފްރިކާގެ ޝީޢީ މިސްކިތަކަށް ތިން މީހަކުވަދެ ދިން ހަމަލާއެއްގައި މިސްކިތުގެ އިމާމްގެ ކަރު ބުރިކޮށްލާ އިތުރު ދެމީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމް ކޮށްލައިފިއެވެ.

ދެކުނު އެފްރިކާގެ ދާރބަންގެ އުތުރުން އޮންނަ ވެރުލަމް އަވަށެއްގައި ހުންނަ މިމިސްކިތަށް ހަމަލާދީފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު ނަމާދުގެ ފަހުގައެވެ.

ޒަޚަމްވި ދެމީހުންގެ ހާލު ސީރިއަސްއިރު ހަމަލާދިން މީހުންވަނީ މިސްކިިިިިިތުން ދިއުމުގެ ކުރިން މިސްކިތުގައި އަލިފާންވެސް ރޯކޮށްލާފައެވެ.

ދެކުނު އެފްރިކާގެ ފުލުހުން ހަމަލާދިން ތިން މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު އެޤައުމުގެ ދީނީ ޖަމިއްޔާ ޖަމާއަތްތަކުން އަންނަނީ މިއަމަލު ވަރަށް ބޮޑަށް ކުށްވެރި ކުރަމުންނެވެ.

ދެކުނު އެފްރިކާގެ އާބާދީ 55 މިލިއަނަށް އަރާއިރު މީގެ ތެރެއިން 1.9 އިންސައްތަ މީހުންނަކީ މުސްލިމުންނެވެ. މީގެ ތެރެއިންވެސް ސުންނީ މުސްލިމުންގެ އަދަދު ގިނައިރު މިސްކިތްތަކަށް މިފަދަ ހަމަލާ ދިނުމަކީ އެޤައުމުގައި ވަރަށް މަދުންނޫނީ ހިނގާކަމެއް ނޫނެވެ. އެހެންނަމަވެސް މިފަހުން މީސް މީޑިއާގެ ވަސީލަތްތަކުގައި ޝީޢީ ފިކުރާ ދެކޮޅަށް އުފުލޭ އަޑުތައް އިތުރުވެފައިވާ ކަމަށް އެޤައުމުގެ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.