އިޒްރޭލުގެ ތެލްއަވީވްގައި ހުންނަ އެމެރިކާ އެމްބަސީ ޤުުދުސްއަށް ބަދަލުކޮށް އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތު މިމަހުގެ 14 ވާ ހޯމަދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
ޤުދުސްގައި ހުޅުވާ އެމްބަސީ ހުންނަ އޮފީހުގެ މަރާމާތުގެ މަސައްކަތަށް މިހާތަނަށް 400،000 އެމެރިކާ ޑޮލަރު ޚަރަދުވެފައިވާ ކަމަށް އެމްބަސީގެ ތަރުޖަމާނު ބުނެއެވެ.
އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރި ނުވާނެއެވެ. އެހެންނަމަވެސް ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ސުއްލިވަންއާއި ޓްރެސަރީ ސެކްރެޓަރީގެ އިތުރުން ޓްރަމްޕްގެ ދަރަކަނބަލުން އިވަންކާ ޓްރަމްޕާއި އޭނާގެ ފިރިމީހާ މިރަސްމިއްޔާތުގައިިި ބައިވެރިވާ ގޮތަށްވަނީ ހަމަޖެހިފައެވެ.
ޤުދުސްގެ މޭޔަރ ނީރް ބަރަކާތް ބުނެފައިވާ ގޮތުގައި އެމްބަސީ ކައިރި އޮންނަ ހުސް ބިންކޮޅަކަށް "ޓްރަމްޕް ސްކެއަރ" ގެ ނަމުން ނަންދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި މިކަމަކީ އެމީހުން ޓްރަމްޕްާއި އެމެރިކާ ރައްޔިތުންދެކެ ވާ ލޯތްބާއި އިޚްތިރާމް ދައްކުވައިދިނުމުގެ ގޮތުން ކުރާ ކަމެއްކަމުގައި ބުނެފައިވެއެވެ.
ޤުދުސްގެ މަގުތަކުގައި އެމެރިކާ އެމްބަސީއަށް ދާނެ މަގު ދައްކައިދޭ ނިޝާން ބޯޑުތައް މިހާރު ހަރުކުރަންފަށާފައިވާއިރު ތެލްއަވީވްގައި ހުރި އެމެރިކާ އެމްބަސީގެ ޓުވިޓަރ ހެންޑަލްވެސް މިހާޜުވަނީ ޔޫއެސްއެމްބަސީ ޖެރޫސަލަމްއަށް ބަދަލުކޮށްފައެވެ. އެހެން ނަމަވެސް އެކައުންޓުގެ ހެޑަރ ފޮޓޯގައި އަދިވެސް އިނީ ތެލްއަވީވްގެ ފޮޓޯއެކެވެ. އަދި ހެޑަރގައި ބޭނުންކުރާނެ ރަނގަޅު ފޮޓޯއެއް ހޯދަމުންދާ ކަމަށް ޓުވިޓަރގައި ބުނެފައިވެއެވެ.
ޤުދުސްގައި އެމެރިކާ އެމްބަސީ މިހުޅުވަނީ އިޒްރާއިލުން ފަލަސްތީނުގެ ބިންތައް ފޭރިގަނެގެން އުޅޭތާ 70 އަހަރު ފުރޭ ދުވަހުއެވެ. ނަކްބާ ދޭގެ ގޮތުގައި ފަލަސްތީނުގެ ރައްޔިތުން ފާހަގަކުރާ މެއި މަހުގެ 15 ވަނަ ދުވަހަކީ އިޒްރާއިލު މިނިވަން ދައުލަތެއް ކަމަށް ކަނޑައެޅުމަށް މަގުފަހި ކުރުމުގެ ގޮތުން ފަލަސްތީނުގެ އެތައް ރައްޔިތުންނެއް އެމީހުންގެ ވަޒަނުން ބޭރުކުރި ހިތްދަތި ހާދިސާ އާއި ގުޅުވައިގެން ފާހަގަކުރާ ދުވަހެކެވެ.
އެގޮތުން 1947 ކާއި 1949 އާއި ދެމެދު ފަލަސްޠީނުގެ 1.9މިލައަން ރައްޔިތުންގެ އާބާދީގެ ތެރެއިން ގާތްގަނޑަކަށް 750،000 ރައްޔިތުންވަނީ ގެއެއްވަޒަނެއް ނެތް ރެފިއުޖީންނަށް ހަދާލައި އެގައުމުގެ އިމުންބޭރުކޮށްލައިފައެވެ. ޞިހްޔޫނީ ބާރުތަކުން ވަނީ ޤަދީމީ ފަލަސްޠީނުގެ 530 އަވަށަކާއި ސިޓީއެއް ސުންނާފަތިކޮށް ބިމާއި ހަމަކޮށްފައެވެ. އަދި މީގެ އިތުރުން އެކިއެކި ޢުދުވާންތަކުގައި، 70 އެތައް ޤަތުލުޢާއްމެއްގައި، 15000 އަށްވުރެގިނަ ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކޮށްލާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...