ރާއްޖޭގެ ޚަބަރު ރިޔާސީ އިންތިހާބަށް ފޯކަލް ޕޮއިންޓްގެ ގޮތުގައި މަސައްކަތް ކޮށްދޭނެ މީހުން ހޯދަނީ

ރިޔާސީ އިންތިހާބަށް ފޯކަލް ޕޮއިންޓްގެ ގޮތުގައި މަސައްކަތް ކޮށްދޭނެ މީހުން ހޯދަނީ

ރިޔާސީ އިންތިހާބަށް ފޯކަލް ޕޮއިންޓްގެ ގޮތުގައި މަސައްކަތް ކޮށްދޭނެ މީހުން ހޯދަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ފޯކަލް ޕޮއިންޓްގެ ގޮތުގައި މަސައްކަތް ކޮށްދޭނެ މީހުން ހޯދުމަށް އިލެކްޝަން ކޮމިޝަނުން އިޢުލާން ކޮށްފިއެވެ.

މިކަމާއިިިިިިިިިިިިި ގުޅޭގޮތުން އެކޮމިޝަނުން ކޮށްފައިވާ އިޢުލާނުގައިވާ ގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެކޮމިޝަންގެ ފަރާތުން ފޯކަލް ޕޮއިންޓްގެ ގޮތުގައި މަސައްކަތް ކުރާނެ 199 ފަރާތެއް ބޭނުންވާ ކަމަށްވަނީ ބުނެފައެވެ. އެއީ ރަށު ފޯކަލް ޕޮއިންޓްގެ ގޮތުގައި މަސައްކަތްކުރާނެ 179 ފަރާތަކާއި އަތޮޅު ފޯކަލް ޕޮއިންޓްގެ ގޮތުގައި 18 ފަރާތެއްގެ އިތުރުން އައްޑޫ އަދި ފުވައްމުލަކު ސިޓީއަށް ކޮންމެ ސިޓީއަކަށް 1 ފޯކަލް ޕޮއިންޓެވެ.

ފޯކަލް ޕޮއިންޓްގެ ގޮތުގައި ކުރިމަތިލާ ފަރާތަކީ ރަށު ކައުންސިލް ނުވަތަ އަތޮޅު/ސިޓީ ކައުންސިލް އިދާރާއެއްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައިވާން ޖެހެއެވެ. އަދި އެމީހަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ އިންތިޚާބީ މަޤާމެއް ނުވަތަ ޕާޓީގެ ފަރާތުން އައްޔަންކޮށްފައިވާ މަޤާމެއް ފުރާ މީހެއް ކަމުގައި ނުވުމާއި ރިޔާސީ އިންތިހާބުގައި ވާދަކުރާ އެއްވެސް ކެންޑިޑޭޓެއްގެ ކެންޕޭން ޙަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުމާއި ކެންޑިޑޭޓެއްގެ އިންތިޚާބީ އެޖެންޓެއްކަމުގައި ނުވުން ހިމެނެއެވެ.މީގެ އިތުރުން އެމީހަކީ ސިޔާސީ ޙަރަކާތްތަކުގައި އިސް ރޯލެއް އަދާކުރާ މީހަކު ކަމުގައި ނުވުންވެސް އެއީ މިކަމަށް ކުރިމަތިލާ މީހުންގެ ޝަރުތަކަށް ވާންޖެހެއެވެ.

ފޯކަލް ޕޮއިންޓްގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/200 ރުފިޔާ އަދި ކަނޑައެޅިފައިވާ އުޞޫލުން ފޯކަލް ޕޮއިންޓުންނަށް ފޯނު އެލަވަންސުގެ ގޮތުގައި މަހަކު -/150 ރުފިޔާ ލިބޭނެކަމަށް އިލެކްޝަނުން ބުނެއެވެ.

މިކަމަށް އެދި ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 20ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.