ރާއްޖޭގެ ޚަބަރު މެއި މަހުގެ 16 ރަމަޟާންމަހުގެ ފުރަތަމަ ދުވަހަށްވެއްޖެނަމަ 17 މެއި ސަރުކާރު ބަންދު

މެއި މަހުގެ 16 ރަމަޟާންމަހުގެ ފުރަތަމަ ދުވަހަށްވެއްޖެނަމަ 17 މެއި ސަރުކާރު ބަންދު

މެއި މަހުގެ 16 ރަމަޟާންމަހުގެ ފުރަތަމަ ދުވަހަށްވެއްޖެނަމަ 17 މެއި ސަރުކާރު ބަންދު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިހާރު ކަލަންޑަރުގައިވާ ގޮތަށް މެއި މަހުގެ 16 ވަނަ ދުވަހަކީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަށްވެއްޖެނަމަ 17 މެއިވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް އޮފީހުން ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ކަލަންޑަރުގައިވާ ގޮތަށް ރަމަޟާންމަހުގެ ފުރަތަމަ ދުވަހަށް މެއި މަހުގެ 16 ވެއްޖެނަމަ، 17 މެއި ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި ކަމަށެވެ.

އިބްރާހިމް މުއާޒް އަލީ އިތުރަށް ވިދާޅުވެފައިވަނީ ރަމަޟާންމަހާއި ޝައްވާލުމަހުގެވެސް ފުރަތަމަ ހަތްދުވަހު ސަރުކާރު އޮފީސްތަކުގެ މަސައްކަތު ގަޑިއަކީ ހެނދުނު 10 ން މެންދުރުފަހު 2 ކަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.