ރާއްޖޭގެ ޚަބަރު އިމާމުވެ ތަރާވީޙު ނަމާދުކުރާނެ ދިވެހި ޙާފިޡުން ހޯދަން ކުރި އިޢުލާނުގެ މުއްދަތު އިތުރުކޮށްފި

އިމާމުވެ ތަރާވީޙު ނަމާދުކުރާނެ ދިވެހި ޙާފިޡުން ހޯދަން ކުރި އިޢުލާނުގެ މުއްދަތު އިތުރުކޮށްފި

އިމާމުވެ ތަރާވީޙު ނަމާދުކުރާނެ ދިވެހި ޙާފިޡުން ހޯދަން ކުރި އިޢުލާނުގެ މުއްދަތު އިތުރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

1439 ވަނަ އަހަރުގެ ރަމަޟާންމަހު މިސްކިތް ތަކުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޡުން ހޯދަން އިސްލާމިކް މިނިސްޓްރީއިން ކުރި އިޢުލާނުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން އެމިނިސްޓްރީއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ރަމަޟާންމަހު މިސްކިތް ތަކުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރަން ބޭނުންވާ ދިވެހި ޙާފިޡުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު 03 މެއި 2018 ވަނަ ދުވަހުގެ 14.00 އަށް އިތުރު ކުރެވިފައިވާ ކަމަށެވެ.

ކުރިން މިފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 30 ގެ ނިޔަލަށެވެ.

ރަށު ކައުންސިލެއްގެ މިސްކިތެއްގައި ތަރާވީޙު ނަމާދު ކުރާނަމަ ރަށު ކައުންސިލުގެ އިދާރާއަށް ނުވަތަ މާލެ ސިޓީ ފިޔަވާ އެހެން ސިޓީއެއްގެ މިސްކިތެއްގައި ތަރާވީޙު ނަމާދު ކުރާނަމަ އެރަށެއްގައި ހުންނަ އިސްލާމިކް މިނިސްޓްރީގެ ޔުނިޓަށް ހުށަހެޅުމަށް އިޢުލާނުގައި ބުނެފައިވެއެވެ. މިކަމަށް އެދޭ ފޯމް އިސްލާމިކް މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓްއިން ލިބެން ހުންނާނެއެވެ.

ދިވެހި ޙާފިޡުންނަށް އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާ ކޮންމެ ރެޔަކަށް -/400 (ހަތަރުސަތޭކަ) ރުފިޔާގެ އެލަވަންސެއް ދޭގޮތަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ގިނަވެގެން ފައިސާ ދެވޭނީ މިސްކިތަކަށް 2 އިމާމުންނަށް ކަމުގައި އިސްލާމިކް މިނިސްޓްރީއިން ބުނެއެވެ. އެލަވަންސް ބޭނުންވާ ކައުންސިލްތަކުން އެލަވަންސް ހޯދުމަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 25 ޖުލައި 2018 ވަނަ ދުވަހުގެ 14.00 ގެކުރިންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.