ރާއްޖޭގެ ޚަބަރު ޙައްޖު ކޯޕަރޭޝަންގެ ރޯދަމަހުގެ ޢުމްރާއަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި

ޙައްޖު ކޯޕަރޭޝަންގެ ރޯދަމަހުގެ ޢުމްރާއަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި

ޙައްޖު ކޯޕަރޭޝަންގެ ރޯދަމަހުގެ ޢުމްރާއަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންއިން މިއަހަރުގެ ރަމަޟާންމަހު ޢުމްރާއަށްދާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމާއި ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން އެކޯޕަރޭޝަންއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ 1439ހ. ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހު ފަނަރައިގައި ކުރުމަށް ހަމަޖެހިފައިވާ ޢުމްރާ ދަތުރަށް ރަޖިސްޓަރ ކުރުމާއި ފައިސާ ބަލައިގަތުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށާއި ރަޖިސްޓްރީ ކުރުމާއި ފައިސާ ދެއްކުމުގެ އެންމެފަހު ތާރީޚަކީ 30 އޭޕްރީލް 2018 ވާ ހޯމަ ދުވަހުގެ ނިޔަލަށެވެ.

ޢުމްރާ ދަތުރަށް ޙައްޖު ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އަގަކީ -/37,965 (ތިރީސް ހަތްހާސް ނުވަ ސަތޭކަ ފަސްދޮޅަސް ފަހެއް) ދިވެހި ރުފިޔާއެވެ.

ޢުމްރާއަށް ރަޖިސްޓްރީ ވުމަށް އެދޭ ފޯމާއި ފައިސާ ބަލައިގަތުން، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ފެށިގެން މެންދުރު 12:30 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ހައްޖު ކޯޕަރޭޝަންއިން ބުނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.