ރާއްޖޭގެ ޚަބަރު އައިޔޫއެމްއިން ހިންގި ފުރަތަމަ މާސްޓާރސް ކޯސްތަކުން 49 ދަރިވަރުން ދަސްވެނިވެއްޖެ

އައިޔޫއެމްއިން ހިންގި ފުރަތަމަ މާސްޓާރސް ކޯސްތަކުން 49 ދަރިވަރުން ދަސްވެނިވެއްޖެ

އައިޔޫއެމްއިން ހިންގި ފުރަތަމަ މާސްޓާރސް ކޯސްތަކުން 49 ދަރިވަރުން ދަސްވެނިވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން 646 ދަރިވަރުން ދަސްވެނިވެއްޖެއެވެ.

އައިޔޫއެމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައެވެ.

ރޭގެ ރަސްމިއްޔާތުގައިވަނީ އައިޔޫއެމްއިން ފުރަތަމަ ފަހަރަށް ހިންގި މާސްޓާސް ޑިގްރީ ކޯސްތައް ނިންމާ ދަރިވަރުން ސަނަދު ހާޞިލްކޮށްފައެވެ. އެގޮތުން 4 މާސްޓަރސް ކޯހަކުން 49 ދަރިވަރަކުވަނީ މާސްޓަރސް ނިންމާ ސަނަދު ހާޞިލްކޮށްފައެވެ. އެކޯސްތަކަކީ މާސްޓަރސް އޮފް ކޮމްޕަރޭޓިވް ލޯސް، މާސްޓާރސް އޮފް އަޤީދާ އެންޑް އިސްލާމިކް ތޯޓްސް، މާސްޓާރސް އޮފް އިސްލާމިކް ރިވީލްޑް ނޮލެޖު އެންޑް ލީޑާޝިޕް އަދި މާސްޓަރސް އޮފް ޤިރާއަތެވެ.

ރޭގެ ރަސްމިއްޔާތުގައިވަނީ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ 62 ދަރިވަރަކު، ބެޗްލާރސް ޑިގްރީ 105 ދަރިވަރަކު، ޑިޕްލޮމާ 88 ދަރިވަރަކު އަދި ސެޓްފިކެޓް ލެވެލްގެ އެކިއެކި ކޯސްތައް ނިންމާ 342 ދަރިވަރަކު ސަނަދު ހާޞިލްކޮށްފައެވެ.

އައިޔޫއެމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.