ށ ކޮމަންޑޫގެ ބިންހިއްކުމުގެ މަސައްކަތް ނިންމާ ލައިފިއެވެ.
އެމްޓީސީސީގެ މަހާޖައްރާފް ބޭނުންކޮށްގެން ކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ.
ކުރިން ބޮޑުމިނުގައި 7 ހެކްޓަރ ހުންނަ ކޮމަންޑޫގެ ފަޅުތެރެއިން 70 އިންސައްތަ ހިއްކާފައިވާއިރު މިހާރު އެރަށުގެ ބޮޑު މިނަކީ ގާތްގަނޑަކަށް 17 ހެކްޓަރެވެ.
ގާތްގަނޑަކަށް 1،880 މީހުންގެ އާބާދީއެއް އޮންނަ ކޮމަންޑޫގެ ބިން ހިއްކައި ނިމުނުއިރު، ރަށު ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި އެރަށުގެ އިންޖީނުގެއާއި ވޭސްޓް މެނޭޖްމެންޓް ޔުނިޓު އަލަށް އިތުރުކުރެވުނު ބަޔަށް ބަދަލުކުރާނެއެވެ. އަދި ސަރުކާރުގެ ވިސްނުމަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ހިއްކާ ސަރަހައްދުގައި 50 ފްލެޓު އެޅުން ކަމަށްވެސް އެފަރާތުން ހާމަކުރެއެވެ.
ކޮމަންޑޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި 11 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމަނާފައި ވެ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...