ރާއްޖޭގެ ޚަބަރު އަލްކައުނު ޤުރުއާން މުބާރާތަށް ބޮޑު ތަރުހީބެއް

އަލްކައުނު ޤުރުއާން މުބާރާތަށް ބޮޑު ތަރުހީބެއް

އަލްކައުނު ޤުރުއާން މުބާރާތަށް ބޮޑު ތަރުހީބެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަލްކައުނުން ބާއްވަމުން އަންނަ އިންޓަރ ސްކޫލް ޤުރުއާން މުބާރާތުގައި ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވެފައިވާ ކަމަށް އެފަރާތުން ހާމަކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން އެފަރާތުން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ހުރިހާ ސްކޫލަކަށް ބައިވެރިވެވޭ ގޮތަށް ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގައި 65 ސްކޫލަކުން 914 ދަރިވަރުންވަނީ މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައެވެ.

މިއަހަރުގެ މުބާރާތް އަންނަ އާދީއްތަދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ ކިޔެވުން މިމަހުގެ 24 ގެ ނިޔަލަށް އަލްކައުންގައި ކުރިއަށްދާނެ ކަމަށް އެފަރާތުން ހާމަކުރެއެވެ. އަދި މުބާރާތުގެ ރިކޯޑިންގ 1439 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެދުވަހަކު އަލްކައުން އިން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ސްކޫލްތަކުގެ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމުގެ ރޫޙު އާލާކުރުމުގެ މަތިވެރި މަޤުޞަދުގައި ކުރިއަށް ގެންދާ މިމުބާރާތަކީ އެޑިއުކޭޝަން މިނިސްޓްރީއިން މިއަހަރަށް އެކުލަވާލާފައިވާ ސްކޫލް އެކްޓިވިޓީ ކަލަންޑަރުގައިވެސް ހިމަނާފައިވާ މުބާރާތެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.