ރާއްޖޭގެ ޚަބަރު ތަރާވީޚް ނަމާދުކޮށްދޭނެ ދިވެހި ހާފިޡުން ހޯދަން އިޢުލާންކޮށްފި

ތަރާވީޚް ނަމާދުކޮށްދޭނެ ދިވެހި ހާފިޡުން ހޯދަން އިޢުލާންކޮށްފި

ތަރާވީޚް ނަމާދުކޮށްދޭނެ ދިވެހި ހާފިޡުން ހޯދަން އިޢުލާންކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

1439 ވަނަ އަހަރުގެ ރަމަޟާންމަހު މިސްކިތް ތަކުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޡުން ހޯދަން އިޢުލާންކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ހާމަކޮށްފައިވާ ގޮތުގައި ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރުމަށް ބޭނުންވާ ދިވެހި ޙާފިޡުންނަށް އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލާކަމަށާއި އެކަމަށް އެދޭ މީހުން، އެކަމަށް ކަނޑައެޅިފައިވާ ފޯމް ފުރިހަމަކޮށް މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެ މިނިސްޓްރީއަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

ރަށު ކައުންސިލެއްގެ މިސްކިތެއްގައި ތަރާވީޙު ނަމާދު ކުރާނަމަ ރަށު ކައުންސިލުގެ އިދާރާއަށް ނުވަތަ މާލެ ސިޓީ ފިޔަވާ އެހެން ސިޓީއެއްގެ މިސްކިތެއްގައި ތަރާވީޙު ނަމާދު ކުރާނަމަ އެރަށެއްގައި ހުންނަ އިސްލާމިކް މިނިސްޓްރީގެ ޔުނިޓަށް ހުށަހެޅުމަށް އިޢުލާނުގައި ބުނެފައިވެއެވެ. މިކަމަށް އެދޭ ފޯމް އިސްލާމިކް މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓްއިން ލިބެން ހުންނާނެއެވެ.

ދިވެހި ޙާފިޡުންނަށް އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާ ކޮންމެ ރެޔަކަށް -/400 (ހަތަރުސަތޭކަ) ރުފިޔާގެ އެލަވަންސެއް ދޭގޮތަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ގިނަވެގެން ފައިސާ ދެވޭނީ މިސްކިތަކަށް 2 އިމާމުންނަށް ކަމުގައި އިސްލާމިކް މިނިސްޓްރީއިން ބުނެއެވެ. އެލަވަންސް ބޭނުންވާ ކައުންސިލްތަކުން އެލަވަންސް ހޯދުމަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 25 ޖުލައި 2018 ވަނަ ދުވަހުގެ 14.00 ގެކުރިންނެވެ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.