ރާއްޖޭގެ ޚަބަރު އައިޔޫއެމްއިން ޑރ ޒަކަރިއްޔާގެ ދެފޮތެއް ނެރެފި

އައިޔޫއެމްއިން ޑރ ޒަކަރިއްޔާގެ ދެފޮތެއް ނެރެފި

އައިޔޫއެމްއިން ޑރ ޒަކަރިއްޔާގެ ދެފޮތެއް ނެރެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން ޑރ އިބްރާހިމް ޒަކަރިއްޔާ މޫސާ ލިޔުއްވާފައިވާ ދެފޮތެއް ނެރެފިއެވެ.

މިއަދު މެންދުރު އައިޔޫއެމްގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ފޮތް ނެރެދެއްވީ އައިޔޫއެމްގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

ޑރ ޒަކަރިއްޔާ ލިޔުއްވާ މިއަދު ނެރުނު ދެފޮތަކީ އިސްލާމީ މާލީ މުއާމަލާތްތަކަށް މަގެއް އަދި ކީރިތި ގުރުއާނުގެ ދިފާއުގައި އެވެ.

ޑރ ޒަކަރިއްޔާ އަމިއްލައަށް ދިރާސާ ކުރައްވައިގެން ލިޔުއްވި، 684 ޞަފްހާގެ މައްޗަށް އެކުލެވޭ "ކީރިތި ގުރުއާނުގެ ދިފާއުގައި" ފޮތުގައި ޤުރުއާނާއި ގުޅޭ މުހިއްމު މައުލޫމާތުތަކެއް ހިމަނާފައި ވެއެވެ. އެގޮތުން ޤުރުއާނާއި ގުޅޭގޮތުން ޣައިރު މުސްލިމުން ދައްކާފަައި ހުރި ތާކުންތާކު ނުޖެހޭ ވަރަށް ގިނަ ވާހަަކަތަކަށް ޢިލްމީ ނަޒަރަކުން، ޢިލްމުވެރިން ކުރައްވާފައިވާ ދިރާސާތަަކުގެ އަލީގައި ދީފައިހުރި ޖަވާބުތައް ހިމަނާފައިވާނެ ކަމަށް ޑރ ޒަކަރިއްޔާ ވިދާޅުވިއެވެ.

"އިސްލާމީ މާލީ މުއާމަލާތްތަކަށް މަގެއް" ނަމުގައި މިއަދު ނެރުނު އަނެއް ފޮތަކީ މުހައްމަދު ތަގީ އުޘްމާނީ ލިޔުއްވާފައިވާ "އެން އިންޓްރޮޑަކްޝަން ޓު އިސްލާމިކް ފައިނޭންސް"ގެ ދިވެހި ތަރުޖަމާއެކެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިޔޫއެމްގެ ޗާންސެލަރ ޑރ ޝަހީމް ވިދާޅުވީ މިއަދު ނެރެވިގެންދިޔަ ދެފޮތަކީވެސް އާއްމު ދިރިއުޅުމަށް ވަރަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ފޮތެއްކަމަށާއި އައިޔޫއެމްގެ އަމާޒަކީ އަހަރަކު އެއްފަހަރު މިފަދަ އިލްމީ ދިރާސާ ފޮތެއް ނެރުން ކަމަށެވެ.

މިއަދު ނެރުނު ދެފޮތްވެސް އައިޔޫއެމްގެ ފޮތް ފިހާރައިން ލިބެން ހުންނާނެއެވެ. މިފޮތްތައް ވިއްކައިގެން ލިބޭ ފައިސާ ހޭދަކުރުމަށް ހަމަޖެހިފައިވަނީ އައިޔޫއެމްގެ ތަރައްޤީ އަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.