ދުނިޔެ

އޮސްޓްރިއާގައި އުމުރުން 10 އަހަރުނުވާ ކުދިން ބުރުގާ އެޅުން މަނާކުރަނީ

އޮސްޓްރިއާގެ ކަނާއަތު ފިޔައިގެ ސަރުކާރުން އެޤައުމުގެ 10 އަހަރުނުވާ އަންހެންކުދިން ބުރުގާ އެޅުން މަނާކުރުމުގެ ޕްލޭނެއް އާއްމުކޮށްފިއެވެ.

ބުދަދުވަހު އާއްމުކުރި މިޕްލޭންގައިވާ ގޮތުން ޕްރިސްކޫލާއި ޕްރައިމަރީ ސްކޫލްތަކުގައި އުޅޭ އުމުރުން 10 އަހަރުނުވާ އަންހެން ކުދިން ބުރުގާ އެޅުމަކީ މަނާ ކަމެކެވެ.

އޮސްޓްރިއާގެ ސަރުކާރުން ބުނެފައިވަނީ ބުރުގާ އެޅުން މަނާކުރަނީ ބައެއް މުސްލިމުންގެ ފަރާތުން އޮސްޓްރިއާގެ މައިގަނޑު ސަޤާފަތަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށާއި މިކަމުގެ މަޤްޞަދަކީ އޮސްޓްރިއާގައި ވަކިވަކި ނަސްލީ، ދީނީ ޖަމާއަތްތައް އުފެދުން ހުއްޓުވާ އެކަމަށް ހުރަސް އެޅުން ކަމަށެވެ.

10 އަހަރުނުވާ ކުދިން ބުރުގާ އެޅުން މަނާކުރުމަށް އޮސްޓްރިއާގައި މަސައްކަތްކުރަމުން ދާއިރު، މިދިޔަ އަހަރުގެ އޮކްޓޫބަރ މަހުގެ އެއްވަނަ ދުވަހު އަޤައުމުންވަނީ އާއްމު ތަންތަނުގައި މޫނު ބުރުގާ އަޅައިގެން އުޅުން މަނާކޮށް އެކަމަށް ޢަމަލު ކުރަންފަށާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ