ރާއްޖޭގެ ޚަބަރު އައިޑީބީއިން ވަޤުފު އިމާރާތް އެޅުމަށް އެހީތެރިވަނީ

އައިޑީބީއިން ވަޤުފު އިމާރާތް އެޅުމަށް އެހީތެރިވަނީ

އައިޑީބީއިން ވަޤުފު އިމާރާތް އެޅުމަށް އެހީތެރިވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގައި ވަޤުފު ޢިމާރާތް ބިނާކުރުމުގެ މަސައްކަތުގައި އިސްލާމިކް ޑިވޮލަޕްމަންޓް ބޭންކް (އައިޑީބީ) އިން އެހީތެރިވާނެކަމަށް އެފަރާތުން ހާމަކޮށްފިއެވެ.

އައިޑީބީއިން މިފަދައިން ހާމަކޮށްފައިވަނީ މިއަހަރު ހައްޖުގެ އިންތިޒާމުތައް ހުރި ގޮތް ބައްލަވާލެއްވުމަށް އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒިޔާދު ސައުދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައިޑިބީގެ ރަޢީސް ޑރ.ބަންދަރު އެމް.އެޗް ހައްޖަރު އާއި ކުރެއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ޑރ ޒިޔާދުވަނީ ރާއްޖޭގައި މިހާރު ހިނގަމުންދާ މަޝްރޫއުތަކާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު އައިޑީބީގެ އިސްވެރިންނާއި ހިއްސާކުރައްވާފައެވެ. މީގެ އިތުރުން އައިޑީބީއިން ރާއްޖެ އަށް އެހީތެރިކަން ދެވިދާނެ އިތުރު ދާއިރާތަކާ ގުޅޭ ގޮތުންވެސް މިބައްދަލުވުމުގައިވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރ އައްޝައިޚް އަލީ ޝަރީފާއި ހައްޖު ކޯޕަރޭޝަންގެ ޗެއަރމަން އައްޝައިޚް މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދުގެ އިތުރުން އެ ބޭންކުގެ ބައެއް އިސްވެރިންވެސްވަނީ ބައިވެރިވެޑައިގެންފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.