ދީނީ ލިޔުންދީން

ޤިޔާމަތް ދުވަހަށް ދެވިފައިވާ ބައެއް ނަންނަން

  1. يَوْمُ الْقِيَامَةِ

ﷲ ވަޙީކުރައްވާފައި ވެއެވެ: ((اللَّـهُ لَا إِلَـٰهَ إِلَّا هُوَ ۚ لَيَجْمَعَنَّكُمْ إِلَىٰ يَوْمِ الْقِيَامَةِ لَا رَيْبَ فِيهِ ۗ وَمَنْ أَصْدَقُ مِنَ اللَّـهِ حَدِيثًا)) ﴿سورة النساء 87﴾

މާނަ: اللَّه އީ، އެކަލާނގެ ފިޔަވައި (حق ވެގެން އަޅުކަމެއްވެވޭ) إله އަކުނުވާ ކަލާނގެއެވެ. قيامة ދުވަހުން، އެކަލާނގެ ތިޔަބައިމީހުން އެއްކުރައްވާނެކަން ކަށަވަރެވެ. އެކަމާމެދަކު شك އެއް ނެތެވެ. ބަސްބުނުމުގައި اللَّه އަށްވުރެ ތެދުވެރިކަންބޮޑީ ކާކުހެއްޔެވެ؟

  1. الْيَوْمُ الْآخِرِ

ﷲ ވަޙީކުރައްވާފައި ވެއެވެ: ((وَمِنَ النَّاسِ مَن يَقُولُ آمَنَّا بِاللَّـهِ وَبِالْيَوْمِ الْآخِرِ وَمَا هُم بِمُؤْمِنِينَ)) ﴿سورة البقرة 8﴾

މާނަ: އަދި إيمان ވެގެންވާ ބަޔަކު ކަމުގައި ނުވެތިބެ، ތިމަންމެން اللَّه އަށާއި آخرة ދުވަހަށް إيمان ވެއްޖައީމުއޭ ބުނާބަޔަކު، މީސްތަކުންގެ ތެރެއިންވެއެވެ.

  1. السَّاعَةُ

ﷲ ވަޙީކުރައްވާފައި ވެއެވެ: ((أَفَأَمِنُوا أَن تَأْتِيَهُمْ غَاشِيَةٌ مِّنْ عَذَابِ اللَّـهِ أَوْ تَأْتِيَهُمُ السَّاعَةُ بَغْتَةً وَهُمْ لَا يَشْعُرُونَ)) ﴿ سورة يو107﴾

މާނަ: ފަހެ، اللَّه ގެ عذاب ގެ ތެރެއިން ކޯފާއެއް އެއުރެންގެ މައްޗަށް އަތުވެދާނެކަމުގެ ބިރެއް، ނުވަތަ އެއުރެން ނުދެނެތިއްބައި، ކުއްލިއަކަށް قيامة ގެ ވަގުތު އެއުރެންނަށް އަތުވެދާނޭކަމުގެ ބިރެއްނެތި، އެއުރެން އަމާންކަން ލިބިގެން ތިބީހެއްޔެވެ؟

  1. يَوْمِ الْبَعْثِ

ﷲ ވަޙީކުރައްވާފައި ވެއެވެ: ((وَقَالَ الَّذِينَ أُوتُوا الْعِلْمَ وَالْإِيمَانَ لَقَدْ لَبِثْتُمْ فِي كِتَابِ اللَّـهِ إِلَىٰ يَوْمِ الْبَعْثِ ۖ فَهَـٰذَا يَوْمُ الْبَعْثِ وَلَـٰكِنَّكُمْ كُنتُمْ لَا تَعْلَمُونَ)) ﴿ سورة الروم 56﴾

މާނަ: އަދި އެބަޔަކަށް علم އާއި، إيمان ކަން ލިބިގެންވާ މީހުން ބުނާނެތެވެ. އަލުން ދިރުއްވާނޭ ދުވަހާ ޖެހެންދެން اللَّه ކަނޑައަޅުއްވާފައިވާގޮތަށް ހަމަކަށަވަރުން، ތިޔަބައިމީހުން ތިބެއްޖައީމުއެވެ. ފަހެ، މިއީ އަލުން ދިރުއްވައި ފޮނުއްވާ ދުވަހެވެ. އެެހެނެއްކަމަކު ތިޔަބައިމީހުންވީ (އެކަން) ނުދަންނަ ކަމުގައެވެ.

  1. يَوْمُ الْخُرُوجِ

ﷲ ވަޙީކުރައްވާފައި ވެއެވެ: ((يَوْمَ يَسْمَعُونَ الصَّيْحَةَ بِالْحَقِّ ۚ ذَٰلِكَ يَوْمُ الْخُرُوجِ)) ﴿ سورة ق 42﴾

މާނަ: (އެއީ) އެއުރެންނަށް (އެބަހީ: خلق ތަކުންނަށް) حق ގޮތުގައި ގަދަފަދަ އަޑު އިވޭނޭ ދުވަހެވެ. (އެއީ ތާޅަފިލީގެ ދެވަނަ ފުމެލެއްވުމުގެ އަޑެވެ.) އެއީ (ކަށްވަޅުތަކުން އެންމެން) ނުކުތުމުގެ ދުވަހެވެ.

  1. الْقَارِعَةُ

ﷲ ވަޙީކުރައްވާފައި ވެއެވެ: ((الْقَارِعَةُ ﴿١﴾ مَا الْقَارِعَةُ ﴿٢﴾ وَمَا أَدْرَاكَ مَا الْقَارِعَةُ ﴿٣﴾)) ﴿سورة القارعة﴾

މާނަ: ހިތްތަކަށް ބިރުވެރިކަން ގެނެސްދޭ قيامة ދުވަހެވެ. (1) ހިތްތަކަށް ބިރުވެރިކަންގެނެސްދޭ قيامة ދުވަހަކީ، ކޮންދުވަހެއް ހެއްޔެވެ؟ (2) އަދި ހިތްތަކަށް ބިރުވެރިކަން ގެނެސްދޭ قيامة ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ (3)

  1. يَوْمُ الْفَصْلِ

ﷲ ވަޙީކުރައްވާފައި ވެއެވެ: هَـٰذَا يَوْمُ الْفَصْلِ ۖ جَمَعْنَاكُمْ وَالْأَوَّلِينَ ﴿سورة المرسلات 38﴾

މާނަ: (وحى ކުރައްވާނެތެވެ.) މިއީ ނިޔާކުރެއްވުމުގެ ދުވަހެވެ. ތިމަންރަސްކަލާނގެ ތިޔަބައިމީހުންނާއި، އަދި ކުރީގެ މީހުން އެއްކުރެއްވީމެވެ.

 

  1. يَوْمُ الْحَسْرَةِ

ﷲ ވަޙީކުރައްވާފައި ވެއެވެ: ((وَأَنذِرْهُمْ يَوْمَ الْحَسْرَةِ إِذْ قُضِيَ الْأَمْرُ وَهُمْ فِي غَفْلَةٍ وَهُمْ لَا يُؤْمِنُونَ ))﴿ سورة مريم 39﴾

މާނަ: ހުރިހާކަމެއް ނިޔާކުރައްވާހިނދު (އެއުރެންނަށް އޮތް) ހިތާމައިގެ ދުވަހާމެދު، ކަލޭގެފާނު އެއުރެންނަށް إنذار ކުރައްވާށެވެ! (އެދުވަހާމެދު) އެއުރެންވަނީ غافل ކަމެއްގެ ތެރޭގައެވެ. އަދި އެއުރެން إيمان އެއް ނުމެވޭމެއެވެ.

  1. يَوْمُ الْحِسَابِ

ﷲ ވަޙީކުރައްވާފައި ވެއެވެ: ((وَقَالَ مُوسَىٰ إِنِّي عُذْتُ بِرَبِّي وَرَبِّكُم مِّن كُلِّ مُتَكَبِّرٍ لَّا يُؤْمِنُ بِيَوْمِ الْحِسَابِ)) ﴿ سورة غافر 27﴾

މާނަ:  موسى ގެފާނު ވިދާޅުވިއެވެ! ހަމަކަށަވަރުން، حساب ބައްލަވާ ދުވަހަށް إيمان ނުވާ ކޮންމެ ކިބުރުވެރިޔެއްގެ ކިބައިން ސަލާމަތްކުރެއްވުންއެދި އަހުރެންގެ ވެރި އަދި ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެ حضرة ން ރައްކާތެރިކަން ލިބިގަންނަމެވެ.

  1. الْوَاقِعَةُ

ﷲ ވަޙީކުރައްވާފައި ވެއެވެ: ((إِذَا وَقَعَتِ الْوَاقِعَةُ)) ﴿ سورة الواقعة 1﴾

މާނަ: قيامة ވެއްޖެހިނދެވެ.

  1. الْحَاقَّةُ

ﷲ ވަޙީކުރައްވާފައި ވެއެވެ: ((الْحَاقَّةُ ﴿1﴾ مَا الْحَاقَّةُ ﴿2﴾ وَمَا أَدْرَاكَ مَا الْحَاقَّةُ ﴿3﴾)) ﴿ سورة الحاقة﴾

މާނަ: ކަށަވަރުވެގެންވާ قيامة ދުވަހެވެ. (1) ކަށަވަރުވެގެންވާ قيامة ދުވަހަކީ، ކޮންދުވަހެއް ހެއްޔެވެ؟ (2) ކަށަވަރުވެގެންވާ قيامة ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ (3)

  1. يَوْمُ التَّلَاقِ

ﷲ ވަޙީކުރައްވާފައި ވެއެވެ: ((رَفِيعُ الدَّرَجَاتِ ذُو الْعَرْشِ يُلْقِي الرُّوحَ مِنْ أَمْرِهِ عَلَىٰ مَن يَشَاءُ مِنْ عِبَادِهِ لِيُنذِرَ يَوْمَ التَّلَاقِ)) ﴿سورة غافر 15﴾

މާނަ: އެކަލާނގެއީ، ދަރަޖަތައް މަތިވެރިވެގެންވާ ކަލާނގެއެވެ. عرش ގެ ވެރިކަލާނގެއެވެ. އެކަލާނގެ އަޅުންކުރެ، އެކަލާނގެ އިރާދަކުރައްވާ އަޅަކަށް، އެކަލާނގެ އަމުރުފުޅަށް وحى ފޮނުއްވަތެވެ. އެއީ އެ އަޅަކު (އެބަހީ: އެ رسول އަކު) އެކަލާނގެއާ ބައްދަލުވާނޭ ދުވަހާމެދު (މީސްތަކުންނަށް) إنذار ކުރެއްވުމަށްޓަކައެވެ.

  1. يَوْمُ التَّنَادِ

ﷲ ވަޙީކުރައްވާފައި ވެއެވެ: ((وَيَا قَوْمِ إِنِّي أَخَافُ عَلَيْكُمْ يَوْمَ التَّنَادِ)) ﴿سورة غافر 32﴾

މާނަ: އަދި އޭ އަހުރެންގެ قوم ގެމީހުންނޭވެ! ހަމަކަށަވަރުން، އެއްބަޔަކު އަނެއްބަޔަކަށް ގޮވާ ދުވަހާމެދު (އެބަހީ: قيامة ދުވަހާމެދު) ތިޔަބައިމީހުންގެ މައްޗަށް އަހުރެން ބިރުވެތިވަމެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *