ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީ ހިންގަމުން އަންނަ ޞަލާހުއްދީން އިމާރާތް ތަޅާލުމަށްފަހު އެތަނުގައި 10 ބުރީގެ އައު އިމާރާތެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޔޫއިން ހާމަކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ އަލީ ފަވާޒް ވިދާޅުވީ އައު އިމާރާތުގެ ކުރެހުމުގެ މަސައްކަތް ނިންމާ އެޕްރޫވަލްއަށް ފޮނުވާފައިވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ހުއްދައާއި ފައިސާގެ ކަންކަން ހަމަޖެހުނުހާ އަވަހަކަށް އައު އިމާރާތުގެ މަސައްކަތް ފަށާނެ ކަމަށެވެ.
މީގެ އިތުރުން ޑރ ފަވާޒު ވިދާޅުވީ ޞަލާހުއްދީން ބިލްޑިންގ ހުރިތަނުގައި އައު އިމާރާތެއް އެޅުމަށް ނިންމީ އިއްޔެ ހިނގާދިޔަ ޝީޓުން ބައެއް ވެއްޓުމުގެ ހާދިސާއަށް ފަހުގައި ނޫންކަމަށާއި މީގެ ކުރިންވެސް އެސެސްމެންޓްތައް ހެދުމަށްފަހު އެތަނުގައި އައު އިމާރާތެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ޑރ ފަވާޒު ވިދާޅުވީ ބައު އިމާރާތުގައި މިހާރުވެސް މަރާމާތުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދަނީ ރައްކާތެރިކަން ބޮޑުކުރަން ކަމަށެވެ. އެގޮތުން އިއްޔެ އިމާރާތުގެ ޝީޓުން ބައެއް ވެއްޓުނީ މަރާމާތުކުރުމަށް މަސައްކަތްތަކެއް ކުރަމުންދަނިކޮށް ކަމަށް ވިދާޅުވިއެވެ.
ޞަލާހުއްދީން ބިލްޑިންގ ވަގުތީގޮތުން ބޭނުންކުރުން ހުއްޓާލާއި އެތަނުގައި ކުރިއަށްދާ ކްލާސްތައް މިހާރުވަނީ ޔުނިވަރސިޓީގެ އެހެން ފެކަލްޓީތަކަށް ބަދަލުކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...