ކީރިތި ޤުރުއާނާއިބެހޭ ރިސާޗް ސެންޓަރެއް ރާއްޖޭގައި ޤާއިމްކުރުމަށް ސޫދާނުގެ ޔުނިވާސިޓީ އޮފް ގުރުއާން އެންޑް އިސްލާމިކް ސައިންސަސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެގޮތުން މިއެއްބަސްވުމުގައި ސޫދާން ޔުނިވާސިޓީގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޕްރޮފެސަރ އަހުމަދު ސައީދު ސަލްމާނެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ރައީސް އިބްރާހީމް ރަޝީދު މޫސާއެވެ.
މިއެއްބަސްވުމުގެ ދަށުން ރިސާޗް ސެންޓަރެއް ޤާއިމްކުރުމުގެ އިތުރުން ޤުރުއާނުގެ ޢިލްމު ފުޅާކުރުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތްކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކުރެއެވެ.
ސޫދާނުގެ ޔުނިވާސިޓީ އޮފް ގުރުއާން އެންޑް އިސްލާމިކް ސައިންސަސްގެ 13 ގޮތްޕެއް އެޤައުމުގެ އެކި ހިސާބުތަކުގައި ހިންގަމުންދާއިރު އެޔުނިވަރސިޓީގެ 11 ފެކަލްޓީއެއްގައި 41،000 އަށްވުރެ ގިނަ ދަރިވަރުން މިހާރުވެސް އަންނަނީ ތައުލީމު ހާޞިލްކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...