ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ކުރިއަށްގެންދާ ބައިނަލްއަޤްވާމީ ކޮންފަރެންސް "ތެވެލި" މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގައި ކަމަށް އެޔުނިވަރސިޓީއިން ހާމަކޮށްފިއެވެ.
ކޮންފަރެންސާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް އެމްއެންޔޫގައި ބޭއްވި ބައްދަލުވުމުގައި ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ އަލީ ފަވާޒް ވިދާޅުވީ 2017 ވަނަ އަހަރު ބޭއްވި ތެވެލީގެ ފުރަތަމަ ކޮންފަރެންސަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށާއި އެކޮންފަރެންސްއިން ލިބުނު ފިލާވަޅުތަކުގެ އަލީގައި މި އަހަރުގެ ކޮންފަރެންސް އިތުރަށް ރަނގަޅު ވާނެ ކަމަށް ފަވާޒު ވިދާޅުވިއެވެ.
ފަވާޒު އިތުރަށް ވިދާޅުވީ މިއަހަރުގެ ކޮންފަރެންސްގެ މައިގަނޑު ތީމަކީ "ނިއު ހޮރައިޒަންސް އިން ހަޔަރ އެޑިއުކޭޝަން ސިނަޖީސް، އިނޮވޭޝަން އެންޑް ޑިވެލޮޕްމަންޓް" ކަމަށާއި މިއަހަރުގެ ކޮންފަރެންސަށް ކަރުދާސް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ޖޫން 15 އާއި ހަމައަށް އެފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
2017 ވަނަ އަހަރުގެ ކޮންފަރެންސަށް 60 އަށްވުރެ ގިނަ ކަރުދާސް ހުށަހެޅި އެތަނުން 12 ކަރުދާހެއް ޝާއިޢުކުރުމަށް ހަމަޖެހިފައިވާ ކަމަށް ޔުނިވަރސިޓީއިން ހާމަކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...