ރާއްޖޭގެ ޚަބަރު "ޕައި" ގެ އިވެންޓް މާދަމާރޭ

"ޕައި" ގެ އިވެންޓް މާދަމާރޭ

"ޕައި" ގެ އިވެންޓް މާދަމާރޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަހަލްދީބް ފައުންޑޭޝަނުން ކުރިއަށްގެންދާ "ޕައި" ހަރަކާތުގެ ފުރަތަމަ ރަސްމީ އިވެންޓް މާދަމާރޭ އޮންނާނެއެވެ.

މާދަމާރޭގެ އިވެންޓާއި ގުޅޭގޮތުން އެފަރާތުން ހާމަކޮށްފައިވާ ގޮތުގައި "ޤާނޫނާއި އަހަރުމެން" ތީމްއަށް ކުރިއަށް ގެންދާ އިވެންޓް އޮންނާނީ މާދަމާރޭ 20:00 ގައި ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައެވެ.

މާދަމާރޭގެ އިވެންޓުގައި ދިވެހި ބިމާއި، ބިމާ ބެހޭ ޤާނޫން އިތުރަށް ރަނގަޅު ކުރެވެނޭ ގޮތްތަކަކާ ގުޅޭގޮތުން ވާހަަކަދައްކަވާނީ އަލްއުސްތާޛު އަބްދުﷲ ނާހިދެވެ. އަދި “ޚިޔާލުފާޅުކުރުމުގެ ހައްދާއި މިނިވަންކަމުގެ ދަށުން ތިބާގެ ޤައުމަށްޓަކައިވާ ތިބާގެ ޙިއްޞާ” މި މަޢުޟޫޢަށް ވާހަކަ ދައްކަވާނީ ޤާނޫނީ ދާއިރާއިން ތައުލީމް ހާސިލްކޮށްފައިވާ ބޭފުޅެއްކަމުގައިވާ އަލީ ރަޝީދުއެވެ.

މާދަމާރޭ "ޕައި" ގެ ރަސްމީ އިވެންޓް ފެށިގެންދާއިރު، ހުސްވި ޑިސެމްބަރ މަހުވަނީ "ޕައި" ގެ ޕައިލޮޓް އިވެންޓެއް ބާއްވާފައެވެ. މިއިވެންޓުގެ ވީޑިއޯތަކަށް މީސްމީޑިއާގައިވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.

ޕައި އަކީ މުޖްތަމަޢަށް ބޭނުންހުރި ތަފާތު ޚިޔާލުތަކާއި ތަޖްރިބާތަކާއި ރައުޔު ތައް ޙިއްޞާ ކުރުމަށް ޢާންމުންނަށް ހުޅުވާލެވިފައިވާ ޕްލެޓްފޯމެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.