ކޮލަމިސްޓްދީނީ ލިޔުންދީން

ނަމާދުގައި ޙުޝޫޢަތްތެރިވުމަށް ކުރެވިދާނެ ކަންތައްތަކެއް

 

  1. މާތް ﷲ އަށް އިޚްލާޞްތެރިވުން
  2. ވުޟޫކުރުމާއި ޠަހާރަތުގެ އެހެނިހެން ކަންކަން ރަސޫލާ ﷺ ސުންނަތާއި އެއްގޮތަށް ކުރުން
  3. ރަސޫﷲ ﷺ ނަމާދުކުރެއްވިގޮތް ދަސްކޮށް އެފަދައިން ނަމާދު ކުރެވޭތޯބެލުން
  4. މާއިރާ މިސްކިތަށް ދިއުން
  5. ސަލަފުއްޞާލިޙުން ގެ ޞީރަތު ކިޔުން(އެބޭކަލުން ނަމާދުގައި ޚުޝޫޢަތްތެރިވީ މިންވަރު އުނގެނި ދަސްކޮށް ޢަމަލުކުރުން)
  6. ނަމާދުގައި ޚުޝޫޢަތްތެރި ވުމުގެ މުހިއްމުކަން ދަނެގަނެ އެކަމަށް ގަދައަޅައި މަސައްކަތް ކުރުން
  7. ނަމާދުކުރާއިރު "މިއީ ތިމަންނާއަށް ކުރެވޭނެ އެންމެފަހު ނަމާދު ކަމަށް" ހީކޮށްލައިގެން ނަމާދުކުރުން
  8. ނަމާދަށް ތައްޔާރުވެ، ހިތް ނަމާދަށް ހުސްކޮށްލުން(އެހެން ކަންކަމާމެދު ހިތް މަޝްޣޫލުނުކުރުން)
  9. އިމާމުމީހާ ކިޔަވާއިރު ކަނުލާ އަޑުއަހައި ވިސްނުންތެރިކަމާއެކު ހުރުން
  10. ނަމާދުގައި ކިޔާ ޛިކުރުތަކުގެ މާނަ ދަސްކޮށް ވިސްނުންތެރިކަމާއެކު އެޛިކުރުތައް ކިޔުން
  11. ކުރީ ޞަފުގައި ނަމާދުކުރުން
  12. ނަމާދުގައި ޚުޝޫޢތަތެރި ނުވެވޭނެފަދަ ކަމަކަށް ވަރަށްބޮޑަށް ބޭނުންވެ ހުރެ ނަމާދު ކުރަން ނުފެށުން. މިސާލަކަށް: ވަރަށް ބޮޑަށް ބަނޑުހައިވެ ކާންބޭނުންވެފައި ހުރެ ނަމާދު ނުފެށުން.

މަތީގައިވާ ނުކުތާތަކަކީ فضيلة الشيخ الدكتور عبدالعزيز بن محمد بن عبدالله بن السدحان ލިޔުއްވާފައިވާ الدليل العلمي މިފޮތުން ނަގާފައިވާ މަޢުލޫމާތުތަކެކެވެ.

ގުޅުންހުރި

1 ޚިޔާލު

  1. Alhamdulillah Ya ALLAH
    Maasha ALLAH JazakALLAH khayr

Your email address will not be published. Required fields are marked *