ރާއްޖޭގެ ޚަބަރު އަދާލަތުން ކުރިއަށްގެންދާ ޤުރުއާނާއި ލީޑަރޝިޕާއި ގުޅޭ ވޯކްޝޮޕެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

އަދާލަތުން ކުރިއަށްގެންދާ ޤުރުއާނާއި ލީޑަރޝިޕާއި ގުޅޭ ވޯކްޝޮޕެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

އަދާލަތުން ކުރިއަށްގެންދާ ޤުރުއާނާއި ލީޑަރޝިޕާއި ގުޅޭ ވޯކްޝޮޕެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަދާލަތު ޕާޓީއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޤުރުއާނާއި ލީޑަރޝިޕާއި ގުޅޭ ވޯކްޝޮޕެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިކަމާއި ގުޅޭގޮތުން އެޕާޓީއިން ހާމަކޮށްފައިވާ ގޮތުގައި މިމަހުގެ 21 ވަނަ ދުވަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ނަމާއި އައިޑީ ކާޑް ނަންބަރާއެކު 9794154 ނަންބަރަށް މެސެޖް ކުރެއްވުމުން ބައިވެރިވުމުގެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށެވެ.

ޑރ މުހައްމަދު އިޔާޟް އަދި އަހުމަދު ނުއުމާން ކިޔަވައިދެއްވާ މިވޯކްޝޮޕަށް 150 ރ ގެ ފީއެއް ނަގާއިރު ވޯކްޝޮޕްއޮންނަ ދުވަހުގެ މެންދުރުގެ ކެއުން ވޯކްޝޮޕްގެ ބައިވެރިންނަށް ހަމަޖެހިފައިވާ ވާނެކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

މިވޯކްޝޮޕްގައި ދެޖިންސްގެ ބޭފުޅުންނަށްވެސް ބައިވެރިވެވޭނެކަމަށް އަދާލަތުން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.