ރާއްޖޭގެ ޚަބަރު "ދި ލައިޓް" ފޯރަމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

"ދި ލައިޓް" ފޯރަމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

"ދި ލައިޓް" ފޯރަމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ "ދި ލައިޓް" ފޯރަމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިކަމާއި ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން އެޖަމިއްޔާގެ ރައީސް އަލީ ރަޝީދު ވިދާޅުވީ "ދި ލައިޓް" އަކީ ދީނީ ގޮތުން ހޭލުންތެރި މުޖުތަމައުއެއް ބިނާކޮށް ހަނދުމަކޮށްދިނުމުގެ މަޤްޞަދުގައި ޔޫނިއަންގެ ފަރާތުން ސިލްސިލާކޮށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.

އަލީ ރަޝީދު ވިދާޅުވީ މިހާރު ފޯރަމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި މިފޯރަމްގައި ޔުނިވަރސިޓީގައި ތައުލީމް ހާޞިލްކުރާ ދަރިވަރުންގެ އިތުރުން އާއްމުންނަށްވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

މިފޯރަމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ނަމާއި، އައިޑީ ކާޑް ނަންބަރާއި ގުޅޭނެ ފޯނު ނަމްބަރަކާއެކު 7973377 ނަންބަރު ފޯނަށް މެސެޖްކުރުމުން ބައިވެރިވުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ޔޫނިއަންއިން މައުލޫމާތު ދިނެވެ. އަދި ޔުނިވަރސިޓީ ދަރިވަރެއްނަމަ ސްޓޫޑަންޓް އައިޑީ ނަންބަރުވެސް މެސެޖުގައި ހިމެނުމަށް އެފަރާތުން އެދެއެވެ.

"ދި ލައިޓް" ފޯރަމްގެ މިފަހަރުގެ މައުޝޫއަކީ ތައުހީދުއެވެ. މިފަހަރުގެ ފޯރަމްގައި ބައިވެރިވާ ޢިލްމުވެރިންނަކީ:
- އައްޝައިޚް އަހުމަދު ސަމީރު ބިން އިބްރާޙިމް
- އައްޝައިޚް ހަސަން މޫސާ ފިކުރީ
- އައްޝައިޚް އަލީ ޒާހިރު ބިން ސައީދު ޤާސިމް
- އައްޝައިޚް އާދަމް ޝަމީމް

މިފޯރަމް އޮންނާނީ މިމަހުގެ 26 ން 28 އަށް ޤައުމީ ޔުނިވަރސިޓީގެ ފައުންޑޭޝަން އޮޑިޓޯރިއަމްގައެވެ. ޔުނިވަރސިޓީ ދަރިވަރުން ފިޔަވައި އެހެން ފަރާތްތަކުން މިފޯރަމްގައި ބައިވެރިވުމަށް 50 ރ ގެ އެޑްމިޝަން ފީ އެއް ދައްކަންޖެހެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.