ރާއްޖޭގެ ޚަބަރު ކެންސަރަށް ފަރުވާދިނުމަށް ހުޅުމާލޭ ހޮސްޕިޓަލުގައި ޤާއިމްކުރި ސެންޓަރު ހުޅުވައިފި

ކެންސަރަށް ފަރުވާދިނުމަށް ހުޅުމާލޭ ހޮސްޕިޓަލުގައި ޤާއިމްކުރި ސެންޓަރު ހުޅުވައިފި

ކެންސަރަށް ފަރުވާދިނުމަށް ހުޅުމާލޭ ހޮސްޕިޓަލުގައި ޤާއިމްކުރި ސެންޓަރު ހުޅުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކެންސަރު ބަލީގެ މީހުންނަށް ފަރުވާދިނުމަށް ހުޅުމާލޭ ހޮސްޕިޓަލުގައި ޤާއިމްކުރި އޮންކޮލަޖީ ސެންޓަރު ހުޅުވައިފިއެވެ.

އެސެންޓަރު ހުޅުވައިދެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމްއެވެ.

މިސެންޓަރު ހުޅުވައިދެއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ ނާޒިމް ވިދާޅުވީ ކެންސަރަކީ ރާއްޖޭގައި އެބައްޔެއްގައި ގިނަ މީހުންތަކެއް މަރުވަމުންދާ ބައްޔެއް ކަމަށާއި މިއަދު ހުޅުވުނު ސެންޓަރުން ކެންސަރަށް ފުރިހަމަ ގޮތުގައި ފަރުވާ ދެވޭނެ ނިޒާމެއް ވަނީ ގާއިމުކުރެވިފައި ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގަމުން އަންނަ އާސަންދަ ކުންފުނީގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރު އަހުމަދު އަޒީމް މިބައްދަލުވުމުގައި ވިދާޅުވީ މިސެންޓަރުގައި އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގެ އޮންކޮލަޖީ ޑޮކްޓަރެއް އަބަދުވެސް ހުންނަވާނެ ކަމަށާއި އަދި ކޮންމެހެން ބޭނުންވާ ހިދުމަތަކަށް އަމްރިތާ ހޮސްޕިޓަލާއި އާއި ހުޅުމާލެ ހޮސްޕިޓަލް ވީޑިއޯ ކޮންފަރެންސުން ގުޅިފައިވާ ހުންނާނެ ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވުނު އޮންކޮލަޖީ ސެންޓަރު ހިންގާނީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލާއި ގުޅިގެންނެވެ. އަދި މިސެންޓަރަށް ބޭނުންވާނެ ފަންނީ މުވައްޒަފުން އަމްރިތާ ހޮސްޕިޓަލުގެ އެހީގައި ތަމްރީނު ކުރެވިގެންދާނެ ކަމަށް އާސަންދަ ކުންފުނިން ހާމަކުރެއެވެ.

މިސެންޓަރުން ޚިދުމަތްދޭން މިއަދު ފަށާނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.