ކީރިތި ޤުރުއާން ހިތުދަސްކުރި 7 ފަރާތަކަށް ޙާފިޡްކަމުގެ ފިލާ ހަވާލުކޮށްފިއެވެ.
މިފަރާތްތަކާއި ފިލާ ހަވާލުކޮށްދެއްވާފައިވަނީ ޤުރުއާން ކިޔެވުމުގެ 32 ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިންއެވެ.
ޙާފިޡްކަމުގެ ފިލާ ހާޞިލްކުރެއްވީ:
- އަލްޙާފިޘާ ޝަރީފާ މުޙައްމަދު ދީދީ
- އަލްޙާފިޘާ މައިސަން ސަޢީދު
- އަލްޙާފިޘް ނާދިޙް ޢަބްދުލް ޙަމީދު
- އަލްޙާފިޘް އަޙްމަދު ނަބީހު
- އަލްޙާފިޘް އަޙްމަދު އަޙްސަން
- އަލްޙާފިޘް މުޙައްމަދު މުޞްޠަފާ
- އަލްޙާފިޘް އަޙްމަދު ޒާހިރު
ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒު އުފެދުނުފަހުން މިހާތަނަށް 50 ފަރާތަކުން ޤުރުއާން ހިތުދަސްކޮށްފައިވެއެވެ. ރާއްޖޭގައި މިހާރު ޤުރުއާން ހިތުދަސް 167 ޙާފިޡުން އެބަތިއްބެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...